ޕީއެސްއައިޕީ ބަޖެޓްގެ ދެބައިކުޅަ އެއްބައި ދެން ހާއްސަ ކުރާނީ ގެދޮރުއަޅަން: ރައީސް

"މަދުވެގެން 50 ޕަސެންޓް ކޮންމެ އަހަރަކު ކަނޑައަޅާނީ ގެދޮރު ބިނާ ކުރުމަށް. މިއީ ދުވަހަކު ވެސް ރާއްޖޭގައި ކުރި ކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭގެ ޖަލްސާ ގައި ވާހަކަފުޅު ދައްކަވަނީ

ސަރުކާރުން ކުރިއަށް ގެންދާ ޕީއެސްއައިޕީ މަޝްރޫއުތަކަށް ދައުލަތުން ކަނޑައަޅާ ބަޖެޓްގެ ދެބައިކުޅަ އެއްބައި ގެދޮރުވެރި ކަމަށް ހާއްސަ ކުރަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ "ޕީއެންސީ ހައުސް" ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާ ގައި އެމަނިކުފާނު ވެވަޑައިގެންފައިވާ އެންމެ މުހިންމު ވައުދުތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ. ރިޔާސީ އިންތިހާބު ގައި ވެވަޑައިގެންފައިވާ ވައުދުފުޅުތައް ހަނދުމަފުޅު ގައި ހުރިކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ދިވެހީންގެ މިނިވަން ކަމާއި ގައުމީ ބޮޑެތި މައްސަލަތަކަށް ފަހު އެންމެ މުހިންމު އިސްކަމެއް ދެއްވާނެ ކަމަށް ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރެއްވުމަށް ކަމަށެވެ.

އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް ހުރިހާ ކަމެއް ވެސް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

އެގޮތުން ވިދާޅުވީ މި ފަސް އަހަރު ނިމޭއިރު ހުރިހާ ރައްޔިތުން ގެދޮރުވެރި ކުރާނެ ކަމަށެވެ. އެ އަމާޒަށް ވާސިލުވުމަށް ސަރުކާރުން ކުރިއަށް ގެންދާ ޕީއެސްއައިޕީ މަޝްރޫއުތަކަށް ދައުލަތުން ކަނޑައަޅާ ބަޖެޓްގެ ދެބައިކުޅަ އެއްބައި ގެދޮރުވެރި ކަމަށް ހާއްސަ ކުރަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ. ކުރިއަށް އޮތް ކޮންމެ އަހަރަކު އަމަލު ކުރައްވާނީ އެ ގޮތަށް ކަމަށް ވިދާޅުވި އެވެ.

"މަދުވެގެން 50 ޕަސެންޓް ކޮންމެ އަހަރަކު ކަނޑައަޅާނީ ގެދޮރު ބިނާ ކުރުމަށް. މިއީ ދުވަހަކު ވެސް ރާއްޖޭގައި ކުރި ކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި އަހަރު އެމަނިކުފާނުގެ ސަރުކާރުން ތަންފީޒު ކުރަމުން ދަނީ ކުރީ ސަރުކާރުން އެކުލަވާލި ބަޖެޓެއް ކަމަށާ އެމަނިކުފާނަށް ބަޖެޓް އެކުލަވާލުމުގެ ފުރުސަތު ކުރީ ސަރުކާރުން ނުދެެއްވި ކަމަށެވެ. ނަމަވެސް މަޖިލީސް އިންތިހާބު ގައި ރައްޔިތުން ސަރުކާރަށް ދިން ތާއީދާ އެެކު ދެން ފާސް ކުރާ ކޮންމެ ބަޖެޓެއް ވެގެން ދާނީ ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް އަމާޒު ހިފާފައިވާ ބަޖެޓަކަށް ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.