ކިތަންމެ ދޮގެއް ހެދިޔަސް ބަދަލެއް ނުހިފާނަން، އެކަމަކު އަދުލު އިންސާފު ގާއިމު ކުރާނެ: ރައީސް

"އަޅުގަނޑުމެންނާ އެކު ރައްޔިތުން ތިބިހާ ދުވަހަކު ބަދަލު ހިފުމުގެ ރޫހެއް މި ގައުމަކުން ނުފެންނާނެ. ނުފެންނާނެ މި ދަންނަވަނީ ނުފެންނާނެ، ނަމަވެސް އަދުލް އިންސާފު ގާއިމު ކުރެވޭނެ،"

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ

ސިޔާސީ ގޮތުން ކިތަންމެ ދޮގެއް ހެދިޔަސް ވާދަވެރީން ހައްޔަރުކޮށް ބަދަލު ނުހިއްޕަވާނެ ކަމަށާ ނަމަވެސް އަދުލްއިންސާފު ގާއިމު ކުރެއްވުމުގައި ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު ރައީސްކަން ކުރައްވާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ "ޕީއެންސީ ހަރުގެ" ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތު ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މިހާރު ކުރައްވާ ހަމައެކަނި ކަމަކީ ދޮގު ފެތުރުން ކަމަށާ އެ ނޫން އެއްވެސް ކަމެއް ކުރައްވާ މަންޒަރު ފެނިވަޑައިނުގަންނަވާ ކަމަށެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނަށް ފާޑުކިޔުއްވަން ބޭނުން މިންވަރަށް ފާޑުކިޔުއްވަންވީ ކަމަށާ ނަމަވެސް ތެދުވެރިކަމާ އެކު ވާހަކަފުޅު ދެއްކެވުމަށް ހުރިހާ ފަރާތްތަކަށް ވެސް ނަސޭހަތްތެރިވެވަޑައިގަންނަވާ ކަމަށެވެ. އެމަނިކުފާނާއި ސަރުކާރުން ދައްކާ ކޮންމެ ވާހަކައެއް ވެސް ދައްކަވަނީ ތެދުވެރިކަމާ އެކު ކަމަށާ ނަމަވެސް ތެދުބަހުން ވާހަކަ ދެއްކުމުގެ ހިތްވަރު ނެތް ނަމަ އެބަޔަކަށް ދެން ދެއްކޭނީ މުޅީން ވެސް ދޮގު ވާހަކަތައް ކަމަށެވެ.

"ސިޔާސީ ގޮތުން ކިތަންމެ ދޮގެއް ހެދިޔަސް ހައްޔަރު ކުރާނެ މީހަކު ނުހުންނާނެ. ސިޔާސީ ގޮތުން ބަދަލެއް ނުހިފާނަން،"

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި ފުރުސަތު ނޯންނާނީ ކޮރަޕްޝަނަށް ވައްކަމަށް ކަމަށާ އެއްވެސް މީހަކާ ދެކޮޅަށް އެމަނިކުފާނު ތެދުވެ ބަދަލު ނުހިއްޕަވާނެ ކަމަށެވެ. ނަމަވެސް ވިދާޅުވީ ގާނޫނާއި ހިލާފު ކަންްކަމާ ދެކޮޅަށް ފިޔަވަޅު އަޅުއްވާ އިންސާފު ގާއުމު ކުރައްވާނެ ކަމަށެވެ. އއެކަމުގައި ވަަކި މީހަކަށް، "މޫނަށް ކަނދުރާ އަކަށް" ނުބައްލަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނާ އެކު ރައްޔިތުން ތިބިހާ ދުވަހަކު ބަދަލު ހިފުމުގެ ރޫހެއް މި ގައުމަކުން ނުފެންނާނެ. ނުފެންނާނެ މި ދަންނަވަނީ ނުފެންނާނެ، ނަމަވެސް އަދުލް އިންސާފު ގާއިމު ކުރެވޭނެ،"

ރައީސް ވިދާޅުވީ ނިޒާމުގެ ތެރެއިން ކަންކަން ބެލުމަކީ ބަދަލު ހިފުން ނޫން ކަމަށެވެ. މާތްﷲ އަންގަވާފައިވަނީ އަދުލްވެރި ވުމަށާ އެ ސިފަ އޮތްނަމަ ގައުމަށް އޮތީ ބަރަކާތްތެރިކަން ކަމަށެވެ. އެހެން ވީމަ ވައްކާ ކޮރަޕްޝަނަށް އެއްވެސް ފުުރުސަތެއް ނުދެއްވާނެ ކަމަށް ވިދާޅުވި އެވެ.

"ކޮރަޕްޝަނަކަށް ފުރުސަތެއް ނޯންނާނެ. ވައްކަމަކަށް ފުރުސަތެއް ނޯންނާނެ. އެކަން ކުރާ މީހަކު ހެއްކާ އެކީގައި އަޅުގަނޑު ކުރިމައްޗަށް މިހާރު ގެނަޔަސް އިސްވެ ފިޔަވަޅު އަޅާނަން އަޅުގަނޑު އެ މީހަކާ ދެކޮޅަށް. އެއީކީއެއް ބަދަލު ހިފުމެއް ނޫން،" ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.