އެ ހަރުގެ ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވެޔޮވިލާގެ ވެރިޔާ ޝަފިއްޔާ ވަނީ ޕީއެންސީއާ ގުޅިވަޑައިގެން އޭނާގެ މެންބާޝިޕް ފޯމް ރައީސް މުއިއްޒުއާ ހަވާލު ކުރައްވާފަ އެވެ.
އެމްޑީޕީގެ ހަރުގެ" އާއި "ހައުސް އޮފް ޑިމޮކްޓެރެސް" ހިންގި ހ. ވެޔޮވިލާ، އިމާރާތުގައި ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީގެ މައި ހަރުގެ "ޕީއެންސީ ހައުސް" ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި އެ އިމާރާތުގެ ވެރިޔާ ޝަފިއްޔާ ޒުބައިރު، އެ ޕާޓީއާ ގުޅިވަޑައިގެންފި އެވެ.
"ޕީއެންސީ ހައުސް" ހަދާފައި ވަނީ ގިނަ އަހަރުތަކެއް ވަންދެ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މާލޭގައި ހިންގަމުން އައި މައި ހަރުގެ އަދި ފަހުން އެ ޕާޓީ ދެ ބައިވެ އުފެދުނު "ދަ ޑިމޮކްރެެޓްސް" އިން ހަރުގެއަކަށް ހަދައި ހުޅުވައިގެން އުޅުނު ތަނުގަ އެވެ.
އެ ހަރުގެ ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވެޔޮވިލާގެ ވެރިޔާ ޝަފިއްޔާ ވަނީ ޕީއެންސީއާ ގުޅިވަޑައިގެން އޭނާގެ މެންބާޝިޕް ފޯމް ރައީސް މުއިއްޒުއާ ހަވާލު ކުރައްވާފަ އެވެ. އޭނާ އަކީ ކުރީން ދަ ޑިމޮކްރެޓްސްގެ އިސް މެންބަރެކެވެ.
ވެޔޮވިލާގެ ވެރިޔާ، ޝަފީއާ އަކީ އެމްޑީޕީއަށް މަރު ދެއްވި މާލޭގެ އިތްޒަތްތެރި ބޭފުޅެކެވެ. މާޗް 5، 2017 ގައި ވީއައިއޭ ގައި އެމްޑީޕީން ކުރި މުޒާހަރާއަކާ ގުޅިގެން ދައުވާކޮށް 14 މީހަކަށް ހުކުމް ޖެހި އިރު އޭގެ ތެރޭގައި ޝަފީއާ ހިމެނި ވަޑައިގަތެވެ.
ޝަފީއާއަކީ އެމްޑީޕީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ވަރަށް އަރިސް ބޭފުޅެކެވެ. އެމްޑީޕީގެ އުފެދުނީއްސުރެ ރައީސް ނަޝީދަށް ތާއީދު ކުރައްވާ، އެ މަނިކުފާނުގެ ސިޔާސަތުތައް ޕްރޮމޯޓްކޮށް ދެއްވުމުގައި އުޅުއްވި ވަރަށް އިލްމީ ވެސް ބޭފުޅެކެވެ. ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަދި އެމްޑީޕީގައި އިސް މަގާމުތަކެއް ފުރުއްވެވި ސިޔާސީ ހަރަކާތް ކުރިން ވަރަށް އެގްރެސިވްކޮށް ޖެއްސި، ހާމިދު އަބްދުލް ޣަފޫރު ކުރިން ކައިވެނި ބައްލަވައިގަތް ޝަފީއާއަކީ މާންދޫގޭ މަޝްހޫރު ހަބީބާ ހުސައިން ހަބީބުގެ ބޭފުޅެކެވެ.
ރައީސް ނަޝީދުގެ "ފިކުރެއްގެ ދިރު"މާއި އެ ހަރަކާތް "ތޮށިފަޅާފައި" ނުކުމެ ރައީސް ނަޝީދަށް އުފައްދައި ދިން ޕާޓީ "ދަ ޑިމޮކްރެޓްސް" ގެ މެންބަޝިޕް ޑްރައިވްގައި އިސްވެ އޮތް ޓީމު ގައި ވެސް ޝަފީއާގެ ދައުރު ވަރަށް ބޮޑެވެ. އެ ޕާޓީގައި ގިނަ މަސައްކަތްތަކެއް ކުރެއްވި އެވެ. ނަމަވެސް ޑިމޮކްރެޓްސްގެ ހަރަކާތްތައް މިހާރު އޮތީ މުޅީން ހުއްޓިފަ އެވެ.
މަސްދާނީ ފެން އޮޮޮއްތާކަށް