މިއަހަރުގެ ޓީޗަރުންގެ ދުވަސް ފާހަގަ ކުރަން ސުކޫލުތަކުގައި ގިނަ ހަރަކާތްތަކެއް މިއަދު ވަނީ ފަށާފަ އެވެ. މި ހަރަކާތްތަކުގައި ބެލެނިވެރިންލަށް ހަރަދުތައް ކުރުވާތީ އެކަން އެގޮތަށް ނުކުރަން އެޑިއުކޭޝަނުން ވަނީ ސިޓީއެއއް ފޮނުވާފަ އެވެ.
ޓީޗަރުންގެ ބުރަ ގައުމީ ހިދުމަތަށް މުޅި ގައުމު ދަރާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ޓީޗަރުންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ ފަސް ވަނަ ދުވަހެވެ.
މިއަދު ފާހަގަ ކުރާ ޓީޗަރުންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވަމުން ރައީސް ވަނީ ޓީޗަރުންނަށް ތައުރީފު ކުރައްވާފަ އެވެ. އެ މަނިކުފާނު ވިދާޅުވީ ޓީޗަރުން ދޫކޮށްލާ ހެޔޮ ތަސައްވުރަކީ ދާއިމީ ތަސައްވުރެއް ކަމަށެވެ. ޓީޗަރުންގެ ހިދުމަތަށް ގައުމު ދަރާފައިވާ ކަމަށާ ޓީޗަރުންނަށް ގައުމު ދަރާފައިވަނީ ޓީޗަރުންގެ އަމިއްލަ އެދުން ކުޑަ ބުރަ މަސައްކަތުގެ ސަބަބުން ކަމަށެވެ.
ޓީޗަރުންނަކީ ދަރީންނަށް ތައުލީމު ދިނުމާއި އެ މީހުންނަށް މަގު ދައްކައިދީ ދިރިއުޅުމަށް ތައްޔާރު ކުރާ މީހުން ކަމަށް ވެސް ރައީސް މިއަދު ވިދާޅުވިއެވެ.