ދޫނި ރޯގާއަށް ސަމާލުވާން ޑަބްލިއުއެޗްއޯއިން ލަންކާއަށް އަންގައިފި

ދާދިފަހުން އިންޑިއާގެ ކުޑަ ކުއްޖަކަށް ވަނީ ދޫނި ރޯގާ ޖެހިފައެވެ.

ދާދި ފަހުން އިންޑިއާ ފަދަ އަވަށްޓެރި ގައުމުތަކުގައި އިންސާނުންގެ ކިބައިން އެވިއަން އިންފްލުއެންޒާ ނުވަތަ ދޫނި ރޯގާ ފެނުމާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ލަންކާއަށް ސަމާލުވުމަށް އަންގައިފި އެވެ.

ބާޑް ފްލޫ ނުވަތަ އޭވިއަން އިންފްލުއެންޒާ އަކީ އިންފްލުއެންޒާ ވައިރަހުގެ ސަބަބުން މައިގަނޑު ގޮތެއްގައި ދޫނިތަކަށް އަސަރުކުރާ ބައްޔެއް ނަމަވެސް އެހެން ޖަނަވާރުތަކަށާއި އިންސާނުންނަށް ވެސް ޖެހޭ ބައްޔެކެވެ.

އިންފްލުއެންޒާ ވައިރަހުގެ އެކި ސްޓްރެއިންތަކުގެ ސަބަބުން މި ބަލި ޖެހުމުގެ ފުރުސަތު އޮންނައިރު އެޗް5 ސަބްޓައިޕް އަކީ ސީރިއަސް ބަލިތައް ފެތުރުމުގެ ފުރުސަތު އޮތް އެންމެ ފާހަގަކޮށްލެވޭ އެއް ބާވަތެވެ.

އިންޑިއާއިން ދާދި ފަހުން ވެސްޓް ބެންގާލްގެ ކުއްޖެއްގެ ގައިން އެވިއަން އިންފްލުއެންޒާ އޭ (އެޗް9އެން2) ވައިރަސް ޖެހިފައިވާ ކަމަށް ރިޕޯޓް ކޮށްފައިވެ އެވެ. މިއީ އިންޑިއާގައި އެޗް9އެން2 އަށް ޕޮޒިޓިވްވި ދެވަނަ ފަހަރެވެ. އިންޑިޔާގަި އިންސާނުންގެ ތެރޭގައި، މި ބަލި އެންމެ ފުރަތަމަ ފެނުނީ 2019 ވަނަ އަހަރު އެވެ.

މީގެ އިތުރުން 2024 ވަނަ އަހަރުގެ މެއި މަހު އޮސްޓްރޭލިއާއިން ފުރަތަމަ ފަހަރަށް އިންސާނަކަށް ދޫނި ރޯގާ ޖެހިފައިވާކަން ކަށަވަރު ވެފައިވާއިރު، ދާދި ފަހުން އިންޑިއާއަށް ދަތުރުކުރި ކުއްޖެއްގެ ގައިން ދޫނި ރޯގާ ޖެހިފައިވާކަން އެމެރިކާއިން ރިޕޯޓްކޮށްފައި ވާއިރު، 2024 ވަނަ އަހަރު އެޗް5އެން1 ދޫނި ރޯގާގެ އިންސާނުންގެ ތިން ކޭސް ފެނިފައިވެއެވެ.

ލަންކާގެ މެޑިކަލް ރިސާޗް އިންސްޓިޓިއުޓް (އެމްއާރުއައި)ގެ ކޮންސަލްޓަންޓް ވައިރޯލޮޖިސްޓް ޑރ ޖޫޑް ޖަޔަމަހާ ވިދާޅުވީ އެވިއަން އިންފްލުއެންޒާގެ ތަފާތު ސްޓްރެއިންތައް އިންސާނުން ހިމެނޭ ގޮތަށް އާ ހޯސްޓުތަކަށް މިއުޓޭޓްވެ އެޑަޕްޓްވުމުގެ ފުރުސަތު އޮތުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ދޫނީގެ ކުޅު، ދަވަ އަދި ބޮޑުކަމުދާ އެއްޗެހިން އިންސާނުންގެ ގަޔަށް މި ވައިރަސް ފެތުރުމުގެ ފުރުސަތު އޮންނަ ކަމަށާއި އެގޮތުން މި ބަލި ޖެހިފައިވާ ދޫނި ކުކުޅު ފަދަ ދިރޭ ތަކެއްޗާއި ގާތްވާނަމަ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.