ފިޔޯރީ ކައުންސިލުން މިރޭ ބުނީ އެ ރަށު މަރިޔަމް މީނަލް މުހައްމަދު ގެއްލިފައިވާ ކަމަށެވެ. މީނަލްގެ ހަބަރެއް އެންމެ ފަހުން ވީ މިއަދު ހަވީރު 5:35 ހާއިރު ކަމަށް ވެސް ބުންޏެވެ.
ފިޔޯރީ ކައުންސިލުން މިރޭ ބުނީ އެ ރަށު ފިނިވާގެ، މަރިޔަމް މީނަލް މުހައްމަދު ގެއްލިފައިވާ ކަމަށެވެ. މީނަލްގެ ހަބަރެއް އެންމެ ފަހުން ވީ މިއަދު ހަވީރު 5:35 ހާއިރު ކަމަށް ވެސް ބުންޏެވެ.
ކައުންސިލުން ވަނީ މީނަލް ހޯދުމުގެ މަސައްކަތުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އެދިފަ އެވެ. އަދި ކުއްޖާ ފެނިއްޖެނަމަ 7574670 އަށް ގުޅާ މައުލޫމާތު ހިއްސާ ކުރުމަށް ވެސް އެދިފައިވެ އެވެ.
މީނަލް އަކީ އުމުރުން ނުވަ އަހަރުގެ ކުއްޖެކެވެ.