ބޮޑު އީދު ނިމި މަގުތަކުގައި ޖެހި ބޮކިތައް ނަގަން ފަށައިފި

އީދާ ދިމާކޮށް މާލެ ސަރަހައްދާއި، އަތޮޅުތެރޭގެ ބޮޑެތި ރަށްތަކާއި ސިޓީތަކުގެ މަގުތައް ކުލަބޮކިން ޒީނަތްތެރިކުރުމަށް ފަހު، މިހާރު ވަނީ އެތަކެތި ނެގުމުގެ މަސައްކަތް ފަށާފަ އެވެ.

އީދު ފާހަގަ ކުރަން މާލޭގެ މަގެއް ކުލަބޮކިން ދިއްލާފައި -- ފޮޓޯ: ދަ މިރާ

އަލްހާ އީދު ފާހަގަކުރުމަށް މާލެއާ އަތޮޅުތެރޭގެ ރަށްރަށުގެ މަގުތަކުގައި ޖެހި ގިޑިގެތަކާއި، ކުލަބޮކިތައް ނެގުމުގެ މަސައްކަތް ފަށައިފި އެވެ. 

މިއަދު ލޯކަލް ގަވަމެންޓު މިނިސްޓްރީން ވަނީ މާލެ އަދި ހުޅުމާލޭގެ ސަރަހައްދުތަކުގައި ދެމި ބޮކިފަތިތައް ނަގަން ފަށާފަ އެވެ. އަދި އަތޮޅުތެރޭގެ ރަށްތަކާއި ސިޓީތަކުގެ މަގުތައް ޒީނަތްތެރިކުރި ބޮކިފަތިތައް ނެގުމުގެ މަސައްކަތް ކައުންސިލްތަކުން އަންނަނީ ކުރަމުންނެވެ. 

މިއަހަރު ރޯދައަށް ފަހު ފިތުރު އީދު ފާހަގަކުރުމަށް ތިން ދުވަހަށް މި ބޮކިފަތިތަކާއި ގިޑިގެތަކުން މަގުތައް ޒީނަތްތެރިކުރުމަށް ފަހު، ބައެއް ތަކެތި ވަނީ އަލްހާ އީދާ ހަމައަށް ވެސް ނުނަގާ ބަހައްޓާފަ އެވެ. 

މިމަހުގެ 16 އިން ފެށިގެން އީދާއި ގުޅުވައިގެން މާލެއާއި އަތޮޅުތެރޭގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔަ އެވެ. އެހެން އަހަރުތަކާ ހިލާފަށް އީދު ހުޅު ރޯކުރުމާއި، ބޮޑުމަސްދުއްވުން އަދި ވެދުމާ ދިއުން ފަދަ ސަގާފީ ހަރަކާތްތައް މާލެ ސަރަހައްދުގައި ވެސް ކުރިއަށް ގެންދިޔަ އެވެ. 

މިއަހަރު ތިން ރަށެއްގައި ގައުމީ ފެންވަރުގައި އީދު ފާހަގަކުރި އެވެ. އެއީ އުތުރުން ރ. އުނގޫފާރާއި މެދުރާއްޖެތެރެއިން ދ. ކުޑަހުވަދޫ އަދި ދެކުނުން ގއ. ވިލިނގިލީގަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.