ރާއްޖެއަށް 22 ގައުމަކުން ސީދާ ދަތުރުތައް ކުރޭ

ހަފުތާއަކު އެއްފަހަރު އެ މިނިސްޓްރީން އާންމުކުރާ ހިސާބުތަކަށް ބަލާއިރު ރާއްޖެއަށް އާންމުކޮށް ފަތުރުވެރިން ދަތުރުކުރާ ގައުމުތައް ހިމެނޭހެން 22 ގައުމަކުން ޑައިރެކްޓު ފުލައިޓުތައް ނުވަތަ ދަތުރުތައް ކުރެ އެވެ.

މިފްލައިޓަށް ވަނީ އެއާޕޯޓް ފަޔަރ އެންޑް ރެސްކިއުގެ ފަރާތުން ވޯޓާ ސެލިއުޓް އަރުވާފައި. ފޮޓޯ: ޔާމިން މުޙައްމަދު / މިނޫސް

ރާއްޖެއަށް ދުނިޔޭގެ 22 ގައުމަކުން ސީދާ ދަތުރުތައް ކުރަމުންދާކަން ޓުއަރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ. 

ހަފުތާއަކު އެއްފަހަރު އެ މިނިސްޓްރީން އާންމުކުރާ ހިސާބުތަކަށް ބަލާއިރު ރާއްޖެއަށް އާންމުކޮށް ފަތުރުވެރިން ދަތުރުކުރާ ގައުމުތައް ހިމެނޭހެން 22 ގައުމަކުން ޑައިރެކްޓު ފުލައިޓުތައް ނުވަތަ ދަތުރުތައް ކުރެ އެވެ. 

ރާއްޖެއަށް ސީދާ ދަތުރުތައް ކުރާ ގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތާއި ސްޕެއިނާއި ޖަރުމަންވިލާތާއި އިޓަލީ ފަދަ ޔޫރަޕުގެ ބޮޑެތި ގައުމުތައް ހިމެނެ އެވެ. އަދި މެދުއިރުމަތިން އެމިރޭޓްސްއާއި ސައުދީ އަރަބިއްޔާއާއި ގަތަރު ފަދަ ގައުމުތައްވެސް ހިމެނެ އެވެ. 

އޭޝިޔާ ބައްރުގެ ގައުމުތަކުގެ ތެރެއިން އަވައްޓެރި އިންޑިއާއާއި ލަންކާ އަދި ބަންގުލަދޭޝްގެ އިތުރަށް މެލޭޝިޔާއާއި ސިންގަޕޫރާއި ޗައިނާއިންވެސް ސީދާ ދަތުރުތައް ރާއްޖެއަށް ކުރެއެވެ. 

މިނިސްޓްރީން އާންމުކުރި ހިސާބުތަކަށް ބަލާއިރު މި އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް 40 އެއާލައިނުން އަންނަނީ ރާއްޖެއަށް ދަތުރުކުރަމުންނެވެ. އޭގެ ތެރޭގައި ޔޫރަޕުގެ އެއާލައިންތަކާއި އޭޝިޔާގެ ބޮޑެތި އެއާލައިންތައް ހިމެނެ އެވެ. 

މި މަހުގެ 12 ވަނަ ދުވަހާ ހަމައަށް ރާއްޖެއަށް އައިސްފައިވަނީ 936،258 ފަތުރުވެރިންނެވެ. ފާއިތުވި އަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް އައީ 854،405 ފަތުރުވެރިންނެވެ. އެހެންކަމުން މި އަހަރު ރާއްޖެއަށް އައި ފަތުރުވެރިންގެ ނިސްބަތްވަނީ 9.6 އިންސައްތައިން އިތުރުވެފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.