އަތުކުރީގައި އަޅާ ސްމާޓް ގަޑިއަކީ ވަރަށް ޖަރާސީމް ގިނަ މުޑުދާރު އެއްޗެއް

ރަބަރު ނުވަތަ ޕްލާސްޓިކުން ހަދާފައިވާ ކަމަރު ހިމެނޭ ގަޑިތަކުގައި މެޓަލް އިން ހަދާފައިވާ ބޭންޑްތަކާ ހިލާފަށް ޖަރާސީމު ގިނައެވެ.

އެޕަލް ވޮޗް ނުވަތަ ފިޓްބިޓް ފަދަ ސްމާޓްވޮޗްތައް އެތައް މިލިއަން ބަޔަކު އަތުގައި އަޅަނީ އެމީހުންގެ ސިއްޙީ ފައިދާއަށް ޓަކައެވެ. ގަޑި ބޭނުންކުރާ މީހުންގެ ހިތުގެ ވިންދު މޮނިޓާކޮށް، ފިޔަވަޅުތައް ގުނައި، އެމީހުންގެ ހަރަކާތްތައް ދެނެގަނެ އެވެ. ނަމަވެސް އާ ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި މި ޑިވައިސްތަކަކީ ނުބައި ބެކްޓީރިއާތަކުން ފުރިގެންވާ ޑިވައިސްތަކެކެވެ.

އެޑްވާންސަސް އިން އިންފެކްޝަސް ޑިޒީޒްގައި ޝާއިއުކޮށްފައިވާ ކަރުދާހެއްގައި ފާހަގަކޮށްފައިވާ ގޮތުގައި ރެންޑަމްކޮށް ޓެސްޓުކުރި 20 އަތުކުރީގައި އަޅާ ގަޑީގެ ތެރެއިން ގާތްގަނޑަކަށް 95 އިންސައްތަ އަކީ ހަންގަނޑާ ދޯޅު ސްޓެފިލޮކޮކަސް (85 އިންސައްތައިން) އިން ފެށިގެން ޑައިރިއާ އަށް މަގުފަހިކުރާ ޖަރާސީމް އެސްޗެރިޗިއާ ކޯލީ (60 އިންސައްތަ) ހިމެނޭ ތަކެއްޗެވެ. އަދި ފުއްޕާމޭގެ އިންފެކްޝަން އުފައްދާ ސޫޑޯމޯނާސް (30 އިންސައްތަ) ޖަރާސީމްވެސް ގަޑިތަކުގައި ހިމެނެއެވެ.

މީހާގެ އާދަތައް ހުންނަ ގޮތުން އެމީހެއްގެ ގަޑީގައި ޖަރާސީމް އެކުލެވިގެންވާ މިންވަރަށް ބަދަލު އާދެ އެވެ. މިސާލަކަށް ގިނައިން ކަސްރަތުކޮށް ޖިމަށް ދާ މީހުން ބޭނުންކުރާ ސްމާޓްވޮޗްގައި ސްޓެފް ކައުންޓް އިތުރުވެ އެވެ. އަދި ޖަނަވާރު ގެންގުޅޭ އަދި ބަލަހައްޓާ މީހުންގެ ވޮޗް ތަކުގައި އީ.ކޮލައި ބެކްޓީރިއާ ގިނަ އެވެ.

ރަބަރު ނުވަތަ ޕްލާސްޓިކުން ހަދާފައިވާ ކަމަރު ހިމެނޭ ގަޑިތަކުގައި މެޓަލް އިން ހަދާފައިވާ ބޭންޑްތަކާ ހިލާފަށް ޖަރާސީމު ގިނަ އެވެ. ރަނާއި ރިހިން ހަދާފައިވާ ބޭންޑްތަކުގައި މިފަދަ އެއްވެސް ކިލަނބުކަމެއް ނުހިމެނެ އެވެ.

ހަގީގަތުގައި ވެސް މި ޖަރާސީމުތައް ތިބާ ބަލިކޮށްލަން ފުދޭ ހެއްޔެވެ؟

ރަނގަޅު ދުޅަހެޔޮ ސިއްހަތެއްގައި ހުންނަ މީހެއް ބަލިކޮށްލަން މި ޖަރާސީމްތަކަށް އުނދަގުވާނެއެވެ. އެކަމަކު އަދިވެސް ކަންބޮޑުވާންޖެހޭ ސަބަބެއް އެބައޮތެވެ. މި ދިރާސާގެ އިސް މުއައްލިފު އަދި ފްލޮރިޑާ އެޓްލާންޓިކް ޔުނިވާސިޓީގެ ބަޔޮލޮޖިކަލް ސައިންސް ޑިޕާޓްމަންޓްގެ ޕްރޮފެސާ ޑރ.ނަވާޑިއުޓޯ އެސިއޯބޫ ވިދާޅުވެފައިވަނީ މަދުން ނަމަވެސް މިފަދަ ގަޑިތަކުގައި ހުންނަ ޖަރާސީމްގެ ސަބަބުން ސިއްހީ މައްސަލަތަކާއި ކުރިމަތިލާން ޖެހިދާނެ ކަމަށެވެ.

"މުހިންމު ކަމަކީ، މީގެ ތެރެއިން ގިނަ ބެކްޓީރިއާތަކުގެ ސަބަބުން އަވަހަށް ބަލިތަކަށް ހުށަހެޅިދާނެފަދަ ސިއްހަތެއްގައި ތިބޭ މީހުނަށް ބަލި ޖެއްސުމުގެ ފުރުސަތު އެބައޮތް. އެގޮތުން ހާއްސަކޮށް ސިއްހީ ހިދުމަތްތެރިންނާއި ހޮސްޕިޓަލުގެ މާހައުލުގައި ތިބޭ އެހެނިހެން ފަރާތްތަކުން މި ޑިވައިސްތައް ގަވާއިދުން ސެނިޓައިޒް ކުރަން ޖެހޭ." އޭނާ ވިދާޅުވިއެވެ.

ސްމާޓްވޮޗް ގައި ހިމެނޭ މިފަދަ ޖަރާސީމްތަކާއި ދެކޮޅަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅަކީ ގަޑި ގަވާއިދުން ސާފުކުރުމެވެ. ގިނަ ތަޖުރިބާކާރުން ލަފާ ދެނީ ލައިސޯލް، ކްލޮރޮކްސް ނުވަތަ އަލްކޮހޯލް ވައިޕްސް ފަދަ ތަކެތި ބޭނުންކޮށްގެން ގަޑި އަދި އިއާބަޑްސް ފަދަ އެހެނިހެން ޑިވައިސްތައް ސާފުކޮށް ރަނގަޅަށް ބެލެހެއްޓުމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.