މާފުށީގައި މިހާރު ހުރި ޓޫރިސްޓު އެނދުތަކާއި ހަދަމުންދާ ގެސްޓްހައުސްތައް ހުޅުވުމާއެކު ޖުމްލަ އެނދުގެ އަދަދު 2،000 އަށް އަރާނެ އެވެ. ޓޫރިޒަމް އޮފް ސީޒަން ލައްވައިލިނަމަވެސް މި ރަށު ތެރެއިން މާކަބޮޑު ފަޅުކަމެއް ނުފެނެ އެވެ.
ރާއްޖޭގެ ޓޫރިޒަމްގެ އޮފް ސީޒަން ނުވަތަ ޓޫރިސްޓުން މަދުން ރާއްޖެއަށް އަންނަ ދުވަސްވަރުގެ ގޮތުގައި އޮންނަނީ މެއި އިން ފެށިގެން އޮގަސްޓުގެ ނިޔަލަށެވެ. މިއީ ޔޫރަޕަށް ސަމާ ނުވަތަ ހޫނު މޫސުން އަންނަ ދުވަސްވަރެވެ. މިހާރު ރާއްޖެއަށް އެވެރެޖުކޮށް ދުވާލެއްގެ މައްޗަށް އަންނަ ކަމަށް ދައްކަނީ 4،000 ޓޫރިސްޓުންނެވެ. މި އަދަދަށް ޓޫރިސްޓުން އައިނަމަވެސް ރާއްޖޭގެ ލޯކަލް ޓޫރިޒަމް ނުވަތަ ރަށު ޓޫރިޒަމްގެ މައި ރަށް ކަމަށްވާ މާފުށީގެ ރަށުތެރޭން ފެންނަނީ ހަލަބޮލިކަމެވެ. މި ރަށަށް ދުވާލެއްގެ މައްޗަށް 50 އާއި 150 އާ ދެމެދުގެ އެރައިވަލް އޮންނަ ކަމަށް އަންދާޒާ ކުރެވެ އެވެ. މިހާރު މި ރަށުގެ ޖުމްލަ އޮކިއުޕެންސީ ހުރީ 30 ޕަސެންޓާއި 60 ޕަސެންޓާ ދެމެދުގަ އެވެ.
ޓޫރިޒަމްގައި މާފުށީގެ މަގާމު ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި މަތިވެގެންދާނެ ކަމަށް ވަނީ ބެލިފަ އެވެ. ސަބަބަކީ އެނދުތައް އިތުރުވުން މަތިވުމެވެ. މިދިޔަ އަހަރު މާފުށިން ގްރީން ޓެކުހުގެ ގޮތުގައި ގްރީން ޓެކުހުގެ ގޮތުގައި 57,5 މިލިއަން ދައްކާފައިވެ އެވެ. މީގެ އިތުރުން ޓޫރިޒަމް ޓެކުހަށް ދެއްކި 13 މިލިއަން ރުފިޔާއާއެކު ދައުލަތަށް ދެއްކި ޖުމްލަ ޓެކުހުގެ އަދަދު ހުރީ 93 މިލިއަން ރުފިޔާގަ އެވެ.