ހަމްދީ ވިދާޅުވީ ޔާމީނަކީ އޭނާގެ އިހްތިޔާރު ވަރަށް ބޮޑަށް އޮތް ބޭފުޅެެއް ކަމަށެވެ. އަދި ޔާމީންގެ ފަރާތްޕުޅުން ވަރަށް ބޮޑު ހެޔޮކަމެއް އޭނާއަށް ލިބިފައިވާ ކަމަށެވެ.
ރާއްޖޭގައި އުފެދުނު އެންމެ މަޝްހޫރު ލަވަކިޔުންތެރީންގެ ތެރޭގައި ހިމެނޭ އިބްރާހިމް ހަމްދީ (ހަމްދީބެ) ރައީސް ޔާމީންގެ މޯލްޑިވްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އާ ގުޅިއްޖެ އެވެ.
ހަމްދީ، ޕީއެންއެފަށް ސޮއިކުރީ މިދިޔަ ބުރާސްފަތި އެ ޕާޓީގެ އޮފީހުގައި ބޭއްވި ކުޑަ ހަފްލާއެއްގަ އެވެ. ހަމްދީގެ އިތުރުން އޭނާގެ އަންހެނުން ޒަރުހާނާ ޒަރީރު ވެސް ވަނީ ޕީއެންއެފަށް ސޮއިކޮށްފަ އެެވެ.
އެ ދެ ބޭފުޅުންގެ ފޯމް ވަނީ ރައީސް އަބްދުﷲއާ ހަވާލު ކުރައްވާފަ އެވެ.
ހަމްދީ ވިދާޅުވީ ޔާމީނަކީ އޭނާގެ އިހްތިޔާރު ވަރަށް ބޮޑަށް އޮތް ބޭފުޅެެއް ކަމަށެވެ. އަދި ޔާމީންގެ ފަރާތްޕުޅުން ވަރަށް ބޮޑު ހެޔޮކަމެއް އޭނާއަށް ލިބިފައިވާ ކަމަށާ އެއީ ޝުކުރަކުން ނިންމާލެވޭ ވަރަށް ވުރެ ބޮޑު ކަމެއް ކަމަށެވެ. ޕީއެންއެފާއި ގުޅުނީ އެމަނިކުފާނަށް ތާއީދު ކުރުމުގައި ދެމި ހުރުމަށް ކަމަށް ވެސް ވިދާޅުވި އެވެ.
ހަމްދީއަކީ ރާއްޖޭގައި އުފެދުނު އެންމެ މަޝްހޫރު އެއް ލަވަކިޔުންތެރިޔާ އެވެ. ހަމްދީގެ ލަވަތައް އަދިވެސް ދިވެހީންގެ މެދުގައި ވަރަށް މަގުބޫލެވެ. އޭނާ އަކީ ދިވެހީންގެ އިހްތިރާމާއި ގަދަރު ހޯދި އަހްލާގު ރަނގަޅު ފަންނާނެކެވެ.
ސިޔާސީ ގޮތުން މި ލިބުނީ މާވަހަރެއް، އެއްޗެއް ނެތްތާކު ރަނގަޅު ތިވެސް