ނޮޅިވަރަމް ގައި ސައިކަލާއެކު މޫދަށް ވެއްޓުނު ޒުވާނަކު ނިޔާވެއްޖެ

ނޮޅިވަރަމް ގައި ރޭ އޮތީ އަލްހާ އީދުގެ ހަރަކާތްތައް ނިންމުމުގެ ގޮތުން ރައްޔިތުންނަށް ބޭއްވި ބާބަކިއު އެކެވެ. އެ ހަރަކާތު ގައި މަސް ފިހުގައި ވެސް އިލްޔާސް ބައިވެރިވި އެވެ.

ހދ. ނޮޅިވަރަމް ގައި ސައިކަލާއެކު މޫދަށް ވެއްޓި ނިޔާވި ޒުވާނާ

ހދ. ނޮޅިވަރަމް ގައި ސައިކަލާއެކު މޫދަށް ވެއްޓުނު ޒުވާނަކު ނިޔާވެއްޖެ އެވެ.

މި ހާދިސާ ގައި ނިޔާވެފައި ވަނީ އެ ރަށު ގާޑްނިޔާވިލާ، އުމުރުން 32 އަހަރުގެ އިލްޔާސް އިބްރާހިމެވެ.

ފުލުހުން ބުނީ ނޮޅިވަރަމް ބަނދަރުން މީހަކު ސައިކަލާ އެކު މޫދަށް ވެއްޓިގެން އެ ރަށު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެމުންދާ ކަމުގެ ރިޕޯޓެއް ރޭ 9:15 ހާއިރު ލިބުނު ކަމަށެވެ. ހެލްތް ސެންޓަރު ގައި އެ މީހާއަށް ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައިވާ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް ބުންޏެވެ.

ނޮޅިވަރަމް ގައި ރޭ އޮތީ އަލްހާ އީދުގެ ހަރަކާތްތައް ނިންމުމުގެ ގޮތުން ރައްޔިތުންނަށް ބޭއްވި ބާބަކިއު އެކެވެ. އެ ހަރަކާތު ގައި މަސް ފިހުގައި ވެސް އިލްޔާސް ބައިވެރިވި އެވެ. ހާދިސާ ހިނގީ ބާބަކިއު ކުރިއަށް ދަނިކޮށެވެ.

އިލްޔާސްގެ ޖަނާޒާ އޮންނާނީ މިއަދު ހެނދުނު 10 ޖަހާއިރު އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.