މައިނާ ގްރޫޕުގެ ރިސޯޓްތަކަށް ރާއްޖެއާ މެދުއިރުމަތިން މި އަހަރު ލިބުނު އާމްދަނީ އިތުރު

ރާއްޖެ އާއި މެދުއިރުމަތީގައި ހިންގާ ރިސޯޓްތަކުން މައިނާ ގްރޫޕަށް މި އަހަރުގެ ފުރަތަމަ ތިން މަހު ވަނީ އެއް ބިލިއަން ތައި ބާތުގެ އާމްދަނީއެއް މައިނާ ގްރޫޕަށް ލިބިފަ އެވެ.

މައިނާ ގްރޫޕުން ރާއްޖޭގައި ހިންގާ އަނަންތާރާ ރިސޯޓް -- ބުކިން ޑޮޓްކޮމް

އަނަންތާރާ ރިސޯޓް ހިންގާ މައި ކުންފުނި، މައިނާ ގްރޫޕަށް މި އަހަރުގެ ފުރަތަމަ ތިން މަހު ރާއްޖެ އާއި މެދުއިރުމަތިން ލިބުނު އާމްދަނީ ބޮޑުތަނުން އިތުރު ވެއްޖެ އެވެ.

ތައިލެންޑުގެ މައިނާ އިންޓަނޭޝަނަލްއިން ބުނެފައިވާ ގޮތުގައި މި އަހަރުގެ ފުރަތަމަ ތިން މަހު މެދުއިރުމައްޗާއި ރާއްޖޭގައި ހިންގާ ރިސޯޓްތަކުން ގާތްގަނޑަކަށް އެއް ބިލިއަން ބާތު ނުވަތަ 30 މިލިއަން ޑޮލަރު (462 މިލިއަން ރުފިޔާ) ގެ އާމްދަނީއެއް ލިބިފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރު ލިބިފައިވަނީ 841 މިލިއަން ބާތު ނުވަތަ ގާތްގަނޑަކަށް 22 މިލިއަން ޑޮލަރުގެ (339 މިލިއަން ރުފިޔާ) ގެ އާމްދަނީއެއް ލިބިފައިވެ އެވެ.

އެ ކުންފުނިން ވަނީ މިދިޔަ އަހަރުވެސް ރާއްޖޭގެ ޓޫރިޒަމް ބޮޑުތަނުން ރަނގަޅުވެފައިވާތީ މި އަހަރު ވެސް ރަނގަޅުވާނެ ކަމަށް ލަފާކޮށްފަ އެވެ. 

މައިނާ ހޮޓެލްސް އަަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޔޫރަޕާއި ނިއުޒިލޭންޑުގައި ހިންގާ ޕްރޮޕަޓީތަކުންނެވެ. މި ސަރަހައްދުގައި ހިންގި ރިސޯޓްތަކުން 18 ބިލިއަން ބާތުގެ އާމްދަނީއެއް ވަނީ ލިބިފަ އެވެ. އަދި ތައިލެންޑުގައި ހިންގާ ޕްރޮޕަޓީތަކަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ހަތަރު ބިލިއަން ބާތުގެ އާމްދަނީއެއް ލިބިފައިވެ އެވެ.

މައިނާ ހޮޓެލްސް - އިން ރާއްޖޭގައި ހަތް ރިސޯޓެއް ހިންގަ އެވެ. މި ކުންފުނިން ރާއްޖޭގައި 730 ކޮޓަރި ހިންގަމުންދެ އެވެ. މިއީ އެ ކުންފުނިން ދުނިޔޭގައި ހިންގާ ކޮޓަރިތަކުގެ 11 ޕަސެންޓެވެ. ކުރިއަށް އޮތް ދެ އަހަރު އިތުރު ރިސޯޓްތައް ހުޅުވުމުގެ ތައްޔާރީތައް އެ ކުންފުނިން ދަނީ ކުރަމުންނެވެ.

މައިނާ ރިސޯޓް ކުންފުނިން ރާއްޖޭގައި ހިންގާ އެންމެ މަޝްހޫރު ރިސޯޓްތަކަކީ އަނަންތާރާ ދިގު ރިސޯޓް އާއި ކިހަވަށް ވިލާ އެވެ. މި ބްރޭންޑުގެ ދަށުން އަނަންތާރާ ރިސޯޓްސް އާއި އަވާމީ އަދި އޯކަސް އާއި އެޗްއެން ކަލެކްޝަން ބްރޭންޑުގައި ރިސޯޓް ހިންގަ އެވެ. މީގެ އިތުރުން ނިޔާމަ އާއި މަލަދޫ އަކީވެސް މައިނާގެ ރިސޯޓް ބްރޭންޑެކެވެ.  

މައިނާ ހޮޓެލްސް އިން ދުނިޔޭގެ އެކި ގައުމުތަކުގައި 532 ހޮޓެލްސް ހިންގަ އެވެ. އަދި މި ތަންތަނުގައި ހިންގާ ކޮޓަރީގެ އަދަދު 78,253 އަށް އަރަ އެވެ. މިއީ ޕިއްޒާ ހަޓް އާއި ބާގާ ކިންގްވެސް ހިންގާ ކުންފުންޏެވެ. 

ކޮމެންޓް

1
450
ާއަފްރާހް
2 months ago

އިޓްސް އެން އެޗް ކަލެކްޝަން / އަވާނީ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.