ނޭޕާލް މީހާ ރަހީނުކުރުމުގެ ތުހުމަތު އޮތް އެކެއްގެ ބަންދު އިތުރުކޮށްފި

ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާ އަކީ "ބާ ޓެންޑާ" އެއްގެ ވަޒީފާ އަދާ ކުރުމަށް ރާއްޖެ އައި މީހެކެވެ. ނަމަވެސް އޭނާ ރާއްޖޭގައި ކުރަނީ ހުއްދަ ދީފައިވާ މަސައްކަތެއް ނޫން ކަން ފާހަގަކޮށްފައިވެ އެވެ.

ކްރިމިނަލް ކޯޓް ހިންގާ އިމާރާތް --

މާލޭގައި ނޭޕާލްގެ ފިރިހެނަކު ރަހީނުކުރި މައްސަލައިގައި "އިސްކޮށް" އުޅުނު ކަމަށް ބުނާ ބަންގްލަދޭޝް މީހާ އިތުރު 15 ދުވަހަށް ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

ގެސްޓްހައުސްއެއްގައި ނޭޕާލް މީހާ ބަންދު ކުރި މި މައްސަލައިގައި ފުލުހުން ވަނީ ދެ މީހަކު ހައްޔަރުކޮށްފަ އެވެ. ދެ މީހުން ވެސް ބަންދުގައި ބައިތިއްބަން ކޯޓުން ކުރީން ވަނީ އަމުރު ނެރެފަ އެވެ.

އިއްޔެ ކޯޓުން ވަނީ މި މައްސަލައިގައި ހިމެނޭ 35 އަހަރުގެ ޝަމީމް މިއާ ކިޔާ ބަންގްލަދޭޝް މީހާގެ ބަންދު އިތުރުކޮށްފަ އެވެ. އޭނާ ވަނީ ކުރިން ވެސް ތުހުމަތުތަކަށް އިންކާރުކޮށްފަ އެވެ.

ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާ އަކީ "ބާ ޓެންޑާ" އެއްގެ ވަޒީފާ އަދާ ކުރުމަށް ރާއްޖެ އައި މީހެކެވެ. ނަމަވެސް އޭނާ ރާއްޖޭގައި ކުރަނީ ހުއްދަ ދީފައިވާ މަސައްކަތެއް ނޫން ކަން ފާހަގަކޮށްފައިވެ އެވެ. އޭނާ ރާއްޖެ އައިސް އުޅުނީ ގެސްޓްހައުސް އެއްގަ މަސައްކަތް ކުރުމަށެވެ.

އަމުރުގައި ބުނެފައި ވަނީ އޭނާ ރާއްޖޭގައި މަސައްކަތް ކުރަން ސްޕޮންސާ ދިނީ ކާކުކަން ވެސް އެނގެން ނެތް ކަމަށެވެ.

ޝަމީމް މިއާ އިތުރު 15 ދުވަހަށް ބަންދު ކުރަން އިއްޔެ ނެރުނު ކޯޓު އަމުރުގައި ބަޔާންކޮށްފައި ވަނީ އޭނާ ކޮށްފައިވާ އަމަލުގައި އަނިޔާވެރިކަން ފެންނަ ކަމަށެވެ. އަދި ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ މީހަކަށް ވެފައި، ފިލައިފާނެ ކަމުގެ އިހުތިމާލު ވެސް އޮތް ކަމަށެވެ.

އޭނާ ކުރިން ބުނެފައި ވަނީ އޭނާ މަސައްކަތް ކުރާ ގެސްޓްހައުސްގައި މީހަކު ރަހީނުކޮށްގެން ގެންގުޅޭކަން ނޭންގޭ ކަމަށެވެ. މީގެ ކުރިން އޭނާގެ މައްޗަށް ނެރުނު ކޯޓު އަމުރުގައި ބަޔާންކޮށްފައި ވަނީ، ސީނުގައި ތިބި ފުލުހުން ސުވާލު ކުރުމުން އޭނާ ދީފައިވާ ޖަވާބުން، އެ މީހާ ބަންދުކޮށްފައި ހުރިކަން އޭނާއަށް އެނގޭކަން ހާމަވެފައިވާ ކަމަށެވެ.

ނޭޕާލް މީހާއާ އޭނާ ބަންދުކޮށްގެން ގެންގުޅުނު މީހުންނާމެދު ޖެހުނީ ފައިސާގެ މައްސަލަތަކެއް ކަމަށް ފުލުހުން ކުރީން ބުނެފައިވެ އެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.