"ބްލަފް" ގެ ސެޓުގައި ޕްރިޔަންކާ އަށް އަނިޔާވެއްޖެ

ޕްރިޔަންކާ ޗޯޕްރާ ޖޯނަސް މިހާރު އަންނަނީ އޭނާގެ ހޮލީވުޑް ޕްރޮޖެކްޓްތަކުގައި ވަރަށް އަވަދިނެތި މަސައްކަތްކުރަމުން، އޭގެ ތެރޭގައި ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ފެންޓަސީ ޑްރާމާ ވެސް ހިމެނެ އެވެ.

ބްލަފްގެ ސެޓްގައި ޕްރިޔަންކާގެ ކަރަށް އަނިޔާ ލިބިފައި

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާ ޖޯނަސްގެ އެކްޝަން ޑްރާމާއެއްގެ ޝޫޓިންގެ ތެރެއިން ގިނަ ޒަހަމްތަކެއް ލިބިފައިވަނިކޮށް އަނެއްކާވެސް "ބްލަފް" ގެ ސެޓުގައި އަނިޔާވެއްޖެ އެވެ. 

އޭނާ ވަނީ ލިބުނު އަނިޔާގެ ފޮޓޯ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ފޮޓޯއިން ފެންނަގޮތުން އޭނާގެ ކަރުގައި ޒަހަމެއް ފެންނަން ހުއްޓެވެ. އެކަމާ އޭނާގެ ފޭނުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ޕްރިޔަންކާ ދަނީ އޭނާގެ ހޮލީވުޑް ޕްރޮޖެކްޓްތަކުގެ ޝޫޓިންގައި ބިޒީވެ، އެކި ސަރަހައްދު ތަކަށް ދަތުރުކޮށް ޝެޑިއުލްއާ އެއްގޮތަށް ފިލްމުތަކުގެ ޝޫޓިން ނިންމުމަށް މަސައްކަތްކުރަމުން ނެވެ.

މި އަހަރުގެ މާޗް މަހު ޕްރިޔަންކާ ޗޯޕްރާ ވަނީ ގިނަ ބަޔަކު އިންތިޒާރު ކުރާ ރޫސޯ ބްރަދާސްގެ ފިލްމު "ދަ ބްލަފް" އާ ގުޅިފައިވާކަން އިއުލާންކޮށްފަ އެވެ. މިލްމުގައި ޕްރިޔަންކާ ފެނިގެންދާނީ އޭނާގެ އާއިލާ ހިމާޔަތް ކުރަން މަސައްކަތް ކުރާ ހިތްވަރު ގަދަ މީހެއްގެ ރޯލުންނެވެ. ކާލް އާބަން، އިސްމާއީލް ކްރޫޒް ކޯޑޯވާ، ސާފިއާ އޯކްލީ-ގްރީން، ވެޑަންޓެން ނައިޑޫ ފަދަ ތަރިން ފެނިގެންދާ މި ފިލްމަކީ ފްރޭންކް އީ ފްލާވާސް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.