މި ސަރުކާރުން ދޫކުރި ކުށްވެރީންގެ އަދަދު ހާމަ ކުރަން މާރިޔާ ގޮވާލައްވައިފި

ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވަނީ މި ސަރުކާރު އައުމަށް ފަހު މަޖިލީސް އިންތިހާބަށް ދޫކުރި ކުށްވެރީންގެ އަދަދު ހާމަ ކުރެއްވުމަށް ގޮވާލައްވާފަ އެވެ.

ކުރީގެ މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވާހަކަފުޅު ދައްކަވަނީ

މި ސަރުކާރުން ދޫކުރި ކުށްވެރީންގެ އަދަދު ހާމަ ކުރަން ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ގޮވާލައްވައިފި އެވެ.

އެކަމަނާ މިކަމަށް ގޮވާލެއްވީ ވައްކަމާއި އެހިނެހެން ކުށްތަައްވެސް އިތުރުވެފައިވާ ކަމަށާއި، ފާއިތުވި ސަރުކާރުން ގިނަ އަދަދެއްގެ ކުށްވެރިން ދޫކޮށްލުމަކީ އެކަމުގެ ސަބަބެއް ކަމަށް ފުލުހުންގެ އިސް ތަރުޖަމާން ވިދާޅުވުމާއި ގުޅިގެންނެވެ.

މާލޭގައި ވައްކަންކުރާ ނެޓުވޯކެއް އުޅޭކަމަށާއި، އެމީހުން ވައްކަން ކުރާ މިންވަރު ފާއިތުވި ހައެއްކަ މަސްދުވަހު ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށް އޮންލަައިން ނޫހަކުން މިއަދު ރިޕޯޓުކުރުމާ ގުޅިގެން ފުލުހުންގެ ތަރުޖަމާން އަހްމަދު ޝިފާނު ވިދާޅުވެފައިވަނީ ކުށްކުރުން އިތުރުވާކަން އެއީ ހަގީގަތެއް ކަމަށެވެ. 

ކުށްކުރުން އިތުރުވުމަށް މެދުވެރިވި ގިނަ ސަބަބުތަކެއް ޝިފާނު ފާހަގަކުރެއްވި އެވެ. އޭގެ ތެރެއިން އެއް ސަބަބަކީ ފާއިތުވި 15 ވަރަކަށް އަހަރު ކުށްކުރުން މަދުކުރުމަށާއި، ކުށަށް އަރައިގަތުން ހުއްޓުމަށް ހިންގާފައިވާ މަސައްކަތްތައް ހިންގި ގޮތެވެ. އޭނާ ވިދާޅުވި ގޮތުގައި އެ މަސައްކަތްތައް ކުރެވިފައިވަނީ އެ މަސައްކަަތްތަކުގެ ނަތީޖާ ރަނގަޅަށް ވަޒަން ނުކުރެވި އެވެ.

"ކުށް މަދު ކުރުމާ ކުށް ވިޔަ ނުދިނުމަށް ވޭތުވެދިޔަ 15 ވަރަކަށް އަހަރު މަސައްކަތްކޮށްފައިވަނީ ނަތީޖާ ވަޒަން ނުކޮށްކަން ފާހަގަ ކުރެވޭ.،" ޝިފާން ވިދާޅުވި އެވެ.  

މިހާރަކަށް އައިސް ކުށް އިތުރުވުމުގެ އަނެއް ސަބަބެއްކަމަށް ޝިފާނު ފާހަގަކުރެއްވީ މީގެ 10 ވަރަކަށް މަސް ކުރިން 434 ކުށްވެރިން އަނބުރާ މުޖުތަމައަށް ދޫކޮށްލާފައިވުމެވެ. އެ ކުށްވެރިން ދޫކުރިއިރު އެ މީހުން މޮނިޓާކުރެވޭނެ ހަރުދަނާ ނިޒާމެއްވެސް ނެތެވެ. 

ރައީސް ސޯލިހްގެ ސަރުކާރުގެ ފަސް އަހަރު ޑިފެންސް މިނިސްޓަރު ކަން ކުރެއްވި މާރިޔާ ވިދާޅުވި ގޮތުގައި ރެސިޑިވިސްޓުންގެ އާދަކާދަ ދިރާސާތަކުން ދައްކާ ގޮތުގައި ކުށުގެ ވެށިން ދޫކުރާ މީހުން އަލުން ކުށްކުރުމަށް މުއްދަތެއް އޮންނަ ކަމަށް ނުދައްކާ ކަމަށެވެ. އަދި ގޮވާލެއްވީ މި ސަރުކާރު އައުމަށް ފަހު މަޖިލީސް އިންތިހާބަށް ދޫކުރި ކުށްވެރީންގެ އަދަދު ހާމަ ކުރެއްވުމަށެވެ.

ސޯލިހްގެ ވެރިކަމުގައި ރިޔާސީ އިންތިހާބާ ދިމާކޮށް ވަރަށް ގިނަ ކުށްވެރީން މިނިވަންކޮށް ދޫކޮށްލި އެވެ. އޭގެ ތެރޭގައި ބޮޑެތި ކުށްތަކުގައި ދިގު މުއްދަތުގެ ޖަލު ހުކުމް ތަންފީޒު ކުރަމުންދިޔަ މީހުން ވެސް ހިމެނެ އެވެ. އިންތިހާބުތަކާއި ދިމާކޮށް ކުށްވެރީން މިނިވަން ކުރުމަކީ އަބަދުވެސް އޭރަކު އޮންނަ ސަރުކާރަކުން ކުރަމުންދާ ކަމެކެވެ. އެކަން ކުރަނީ ތާއީދު އިތުރު ކުރުމަށެވެ. މި ނޫން ވެސް ގައުމާއި ރައްޔިތުންނަށް އަދި މުޖްތަމައުގެ ރައްކާތެރިކަމަށް ބެލުމެއް ނެތި / ލިބޭނެ ގެއްލުމަކަށް ނުބަލާ ސިޔާސީ މަންފާއަށް އެކި ކަންކަން ވެރީން ކުރައްވަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.