ނުތަކާވަރަށް މީހުން އަރުވައިގެން ދުއްވާ ލޮރީ ހުއްޓުވައި ފިޔަވަޅު އަޅަފި

ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯއަކާ ގުޅިގެން ފުލުހުން ވަނީ، މި ލޮރީގެ މައްސަލަ ބަލާކަން އިއުލާނުކޮށްފަ އެވެ. މިއަދު ލޮރީ ހިފަހައްޓައި ބެލި އިރު، އެއީ ބީ ޒޯނުގައި އޮތް އުޅަނދެކެވެ.

ލޮރީގައި ބިދޭސީން އުފުލަނީ

ގިނަ އަދަދަކަށް ބިދޭސީން އަރުވައިގެން ސިނަމާލެ ބްރިޖްމަތީގައި ދުއްވަނިކޮށް ބަޔަކު ވީޑިއޯކުރި ލޮރީ ހުއްޓުވައި ފިޔަވަޅު އަޅައިފި އެވެ. 

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ހުއްދަ ނެތި ގަވައިދާ ހިލާފަށް މީހުން އަރުވައިގެން މާލެއިން އެއާޕޯޓަަށް މިއަދު ދަތުރުކުރި އުޅަނދެއް ބަލައި ފާސްކުރި އިރު، އެ އުޅަނދަކީ ބީ ޒޯނުގައި ރަޖިސްޓްރީކުރެވިފައިވާ އުޅަނދެއް ކަމަށެވެ. އަދި އުޅަނދުގެ އަހަރީ ފީވެސް އޮތީ ނުދައްކާ ކަމަށް ފުލުހުން ބުނެ އެވެ. 

ފުލުހުން ބުނީ އެ އުޅަނދު ޓޯކުރެވިފައިވާ ކަމަށެވެ. 

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންތަކެއް ލޮރީ ޓްރަކެއް ގައި އުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާންމުވެފަ އެވެ. ވަށައިގެން ބަންދާފައި އޮތް އެ ލޮރީގައި ވަރަށް ގިނަ އަދަދެއްގެ ބިދޭސީން ތިބޭތަން ފެނެ އެވެ. އެ މީހުން ހުޅުމާލެ އިން މާލެއަށް ދަތުރުކުރުމަށް ފަހު ލޮރީން ފައިބާ މަންޒަރު ވެސް ފެނެ އެވެ.

އެއްޓަނުގެ ކުޑަ ލޮރީގައި، ގާތްގަނޑަކަށް ތިރީހަކަށް މީހުން ދަތުރުކުރިކަމަށް ވެއެވެ. 

އެ ވީޑިއޯ ވަރަށް ބޮޑަށް ވައިރަލްވެ އެއީ ވެސް އިންސާނުންނާމެދު އަމަލު ކުރެވޭނެ ގޮތްތޯ ގިނަ ބަޔަކު ސުވާލުކޮށްފައިވެ އެވެ. އަދި ޖަނަވާރުން އުފުލާ އުސޫލުން އިންސާނުން އުފުލާން ފެށުމަކީ ރާއްޖޭގައި ބިދޭސީންނާމެދު އަމަލު ކުރެވޭ ގޮތާމެދު ސުވާލު އުފެދޭ ކަމެއް ކަމަށް ބުނެފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.