އެޗްޑީސީއާއި ޝީޝާ ގުޅިގެން ކުރިއަށް ގެންދިޔަ ލަކީޑްރޯގެ ނަސީބުވެރިޔާ ހޮވައިފި

މި ލަކީޑްރޯ ކާމިޔާބުކުރީ ޔޫހާ ނަަމަކަށް ކިޔާ ކުޑަ އަންހެން ކުއްޖެކެވެ. އިނާމެއްގެ ގޮތުގާ ލިބުނު ސައިކަލު އޭނާ ހަދިޔާކުރީ ބައްޕައަށެވެ.

އެޗްޑީސީ އާއި ޝީޝާގެ ޓީމު، ނަސީބުވެރިޔަކަށް ހޮވުނު ޔޫހާއާ އެކު -- ފޮޓޯ: އެޗްޑީސީ

އެޗްޑީސީ އިން ޝީޝާ މޯލްޑިވްސް އާއި ގުޅިގެން ބޭއްވި ލަކީޑްރޯގެ ނަސީބު ވެރިޔާ ހޮވައިފި އެވެ.

"މައި ހުޅުމާލެ އީދު އުފާ ޕަވާޑް ބައި ދިރާގު" ނަމުގައި އެޗްޑީސީއިން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން، އެ ހަރަކާތުގެ ގޯލްޑެން ސްޕޮންސާ "ޝީޝާ މޯލްޑިވްސް" އިން ވަނީ ހަރަކާތްތަކުގެ ބައިވެރިންނަށް ގުރުއަތުލުމެއް ކުރިއަށް ގެންގޮސްފަ އެވެ. ޝީޝާއިން ވިއްކާ އެއާބްލޭޑް 160 ސީސީގެ ރެޑް އެޑިޝަންގެ ސައިކަލެއް ލިބޭ މި ގުރުއަތުމުގުގައި ނަސީބުވެރިއަކަށް ހޮވުނީ ޔޫހާ ނަމަކަށް ކިޔާ ކުޑަ އަންހެންކުއްޖެކެވެ. 

ޔޫހާއަށް ގުރުއަތުން ލިބުނު ސައިކަލު އޭނާ ވަނީ އީދު ހަދިޔާއެއްގެ ގޮތުގައި ބައްޕައަށް ދީފައި ކަމަށް އެޗްޑީސީއިން ބުނެ އެވެ. 

އެޗްޑީސީއިން ކުރިއަށް ގެންދިޔަ މި އިވެންޓްގައި ދިވެހިންގެ މުއްސަނދި ސަގާފަތް ދައްކުވައިދޭ ތަފާތު ހަރަކާތްތަކާއި ކުޅިވަރުތަކެއް ކުރިއަށް ގެންދެވުނެވެ. އެގޮތުން މި ތަފާތު ހަރަކާތްތަކުގެ ތެރޭގައި ދިވެހިންގެ ދުވަސްވީ ސަގާފަތް ދައްކުވައިދޭ ބޮޑު މަސް ދުއްވުން، މާލި ޕެރޭޑު އަދި ކޯޑިކެޑުން ފަދަ ތަފާތު ހަރަކާތްތައް ހިމެނުނެވެ.

އަދި މި އީދު އުފާ ކުޅިވަރުތަކުގެ ތެރޭގައި ކުޑަކުދިންގެ ހަވީރާއި ހަވާއެރުވުމުގެ ހަރަކާތްތައްވެސް ކުރިޔަށްދިޔައެވެ. ހަމަ މިއާއެކު، ދިވެހި ފަންނާނުންގެ ލައިވް މިއުޒިކް ހުށަހަޅައިދިން ދިރާގު އީދު ޝޯ އަކީ މި އީދުގެ ފޯރި އިތުރަށް ގަދަވެގެންދިޔަ އެއް ހަރަކާތް ކަމަށް އެޗްޑީސީން ބުނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.