އިސްރާއީލު-ލުބުނާނު ހަނގުރާމައެއް ފެށިދާނެ ކަމުގެ އިންޒާރު

ފާއިތުވި ދުވަސްތަކުގައި އިސްރާއީލު އަސްކަރިއްޔާއާއި ލުބުނާނުގެ ހިޒްބުﷲ ޖަމާއަތުގެ މެދުގައި ކޮންމެ ދުވަހަކުހެން ކުރިމަތިލުންތައް އަންނަނީ ހިނގަމުންނެވެ.

އިސްރާއީލަށް އަމާޒުކޮށް ހިޒްބުﷲއިން ދިން ހަމަލާތަަކެއްގައި ގެރިބަކަރި ހުއިހިއްޕާ ސަރަހައްދެއްގައި އަލިފާ ރޯވެފައި، ފޮޓޯ: ރޮއިޓާސް

މެދުއިރުމަތީގައި އިތުރު ހަނގުރާމައެއް ފެށި، ލުބުނާނާއި އިސްރާއީލުގެ މެދުގައި ހިނގަމުންދާ ހަމަލާ ބަދަލުކުރުންތައް ފުޅާ ހަނގުރާމައަކަށް ބަދަލުވެދާނެ ކަމށް އދގެ ހިއުމަން ރައިޓްސް ކޮމިޝަނާ ވޮލްކާ ޓާކް އިންޒާރު ކުރައްވައިފި އެވެ. 

ޖެނީވާގައި އދގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަށް މައުލޫމާތު ދެއްވަމުން ވޮލްކާ ވިދާޅުވީ ލުބުނާނާއި އިސްރާއީލުގެ ނުތަނަވަސްކަން އިތުރުވުމަކީ ވަރަަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އަދި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާއި ހަމަލާ ބަދަލުކުރުންތައް ހުއްޓާލައި، ފުޅާ ހަނގުރާމައެއްގެ ހުޅުގަނޑު ރޯވިޔަނުދިނުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅުމަށް އޭނަ ގޮވައިލެއްވި އެވެ. 

ފާއިތުވި ދުވަސްތަކުގައި އިސްރާއީލު އަސްކަރިއްޔާއާއި ލުބުނާނުގެ ހިޒްބުﷲ ޖަމާއަތުގެ މެދުގައި ކޮންމެ ދުވަހަކުހެން ކުރިމަތިލުންތައް އަންނަނީ ހިނގަމުންނެވެ. 

މީގެ އަށް މަސް ކުރިން ޣައްޒާ ހަނގުރާމަ ފެށުމާއެކު ހިޒްބުﷲއާއި ލުބުނާނުގެ އެހެނިހެން ބައެއް ޖަމާއަތްތަކުން އަންނަނީ އިސްރާއީލަށް އަމާޒުކޮށް ހަމަލާތައް ދެމުންނެވެ. އެ ހަމަލާތަކުގެ ރައްދުގައި އިސްރާއީލުން އަންނަނީ ލުބުނާނުގެ އެތެރެއަށް ހަމަލާތއް ދެމުންނެވެ. 

ޓާކް ވިދާޅުވި ގޮތުގައި ދެ ގައުމުގެ މެދުގައި ބަދަލުކުރަމުންދާ ހަމަލާތަކުގައި ލުބުނާނުން 401 މީހަކު މިހާތަނަށް މަރުވެފައިވެ އެވެ. އަދި އިސްރާއީލުން 25 މީހުން މަރުވެފައިވެ އެވެ. އަދި މި ހަމަނުޖެހުންތަކާ ގުޅިގެން ދެ ގައުމުގެ އެތައް ހާސް ބަޔަކު އެމީހުން ދިރިއުޅޭ ސަރަހައްދު ނޫން ސަރަހައްދުތަކަށް ބަދަލުވާންވަނީ މަޖުބޫރުވެފަ އެވެ. 

ހޫނު މޫސުމުގައި އޮންނަ ހިއުމަން ރައިޓްސް ކޮމިޝަނުގެ ސެޝަންތައް ފެށުމުގައި ދެއްކެވި ވާހަކަފުޅުގައި ޓާކްވަނީ ޣައްޒާގައި ޝަހީދުވި މީހުންނާއި ޒަހަމްވި މީހުންގެ އަދަދު 120،000 އަށްވުރެ މައްޗަށް އަރާފައިވާކަން ފާހަގަކުރައްވާފަ އެވެ. 

އޭގެ އިތުރަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަތިޔާރު ބޭނުންކުރާ ހަމަނުޖެހުންތައް އިތުރުވެފައިވާތީ ކަންބޮޑުވެ ވަޑައިގަތުމާއެކު ޓާކް ގޮވައިލެއްވީ އަނބުރާ ސުލްހަވެރިކަމަށް އިއާދަވެވޭނެ މަގެއް ހޯދުމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.