ފުރަތަމަ ކުއާޓާގައި ޑޮލަރުން ލިބުނު އާމްދަނީ %12 މައްޗަށް

ފުރަަތަމަ ކުއާޓާގައި ލިބުނު އާމްދަނީގެ ތެރެއިން 56 އިންސައްތައަކީ ޑޮލަރުން ލިބުނު އާމްދަނީ އެވެ. އެއީ 324.63 މިލިއަން ޑޮލަރު ނުވަތަ 4.98 ބިލިއަން ރުފިޔާ އެވެ.

މީރާގެ އޮފިޝަލެއް ވިޔަފާރިއެއްގެ ހިސާބު ޗެކް ކުރަނީ: ނުލިބި ހުރި ފައިސާ ހޯދަން މީރާއިން ގިނަ މަސައްކަތްތަކެއް ކުރޭ -- މީރާ

ފާއިތުވި އަހަރުގެ ފުރަތަމަ ކުއާޓާއާ އަޅާބަލާއިރު މި އަހަރުގެ ފުރަތަމަ ކުއާޓާގައި ޑޮލަރުން ލިބުނު އާމްދަނީ 12.2 އިންސައްތަ އިތުރުވެއްޖެ އެވެ. 

މީރާއިން އާންމުކޮށްފައިވާ ފުރަތަމަ ކުއާޓާގެ އާމްދަނީގެ ހިސާބުތަކަށް ބަލާއިރު މި އަހަރުގެ ފުރަތަމަ ކުއާޓާގައި އާމްދަނީގެ ގޮތުގައި ޖުމްލަ 8.89 ބިލިއަން ރުފިޔާ މީރާއިން ޖަމާކޮށްފައިވެ އެވެ. އެއީ ފާއިތުވި އަހަރުގެ ފުރަތަމަ ކުއާޓާއަށްވުރެ 21.3 އިންސައްތަ އިތުރު އަދަދެކެވެ. އަދި މި އަހަރުގެ ފުރަތަމަ ކުއާޓާގައި ލިބޭނެކަމަށް އަންދާޒާކުރި އާމްދަނީއަށްވުރެ 21.4 އިންސައްތަ އިތުރު މިންވަރެކެވެ. 

އާމްދަނީގެ ބައެއް ހިސާބުތައް

  •  ޖުމްލަ އާމްދަނީ: 8.89 ބިލިއަން ރުފިޔާ
  •  ޑޮލަރުން ލިބުނު އާމްދަނީ: 324.63 މިލިއަން ޑޮލަރު| 4.98 ބިލިއަން ރުފިޔާ
  •  ރުފިޔާއިން ލިބުނު އާމްދަނީ: 3.92 ބިލިއަން ރުފިޔާ
  •  ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ: 7.70 ބިލިއަން ރުފިޔާ
  •  ޓެކުސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީ: 1.19 ބިލިއަން ރުފިޔާ

ފުރަަތަމަ ކުއާޓާގައި ލިބުނު އާމްދަނީގެ ތެރެއިން 56 އިންސައްތައަކީ ޑޮލަރުން ލިބުނު އާމްދަނީ އެވެ. އެއީ 324.63 މިލިއަން ޑޮލަރު ނުވަތަ 4.98 ބިލިއަން ރުފިޔާ އެވެ. ޑޮލަރުން ލިބުނު އާމްދަނީ އިތުރުވީ ޓީޖީއެސްޓީގެ ގޮތުގައި ޑޮލަރުން ލިބުނު އާމްދަނީއާއި ވިޔަފާރީގެ އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި ޑޮލަރުން ލިބުނު އާމްދަނީ އިތުރުވުމުންނެވެ. 

ޑޮލަރުން ލިބުނު އާމްދަނީގެ އެންމެ ބޮޑު ބަޔަކީ ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ އެވެ. ޑޮލަރުން ލިބުނު އާމްދަނީގެ 65.5 އިންސައްތައަކީ ޓީޖީއެސްޓީގެ ގޮތުގައި ލިބުނު ފައިސާ އެވެ. އަދި ޓުއަރިޒަމަށް ދޫކޮށްފައިވާ ބިމުގެ ކުލީގެ ގޮތުގައި ލިބުނު ފައިސާއަކީ ޑޮލަރުން ލިބުނު އާމްދަނީގެ 9.8 އިންސައްތަ އެވެ. 

ފުރަތަމަ ކުއާޓާގައި ދިވެހި ރުފިޔާއިން އާމްދަނީގެ ގޮތުގައި 3.92 ބިލިއަން ރުފިޔާ ލިބުނެވެ. އެއީ ޖުމްލަ އާމްދަނީގެ 44 އިންސައްތަ ކަމަށް މީރާގެ ރިޕޯޓުގައި ބުނެފައިވެ އެވެ. 

ނިމުނު އަހަރުގެ ފުރަތަމަ ކުއާޓާއަށްވުރެ މި އަހަރުގެ ފުރަތަމަ ކުއާޓާގައި ޓެކުހުން ލިބުނު އާމްދަނީވަނީ 20.7 އިންސައްތަ އިތުރުވެފަ އެވެ. ފުރަތަމަ ކުއާޓާގައި ލިބުނު އާމްދަނީގެ 87 އިންސައްތައަކީ ޓެކުހުން ލިބުނު އާމްދަނީ އެވެ. ޓެކުހުގެ ގޮތުގައި 7.70 ބިލިއަން ރުފިޔާ ފުރަތަމަ ކުއާޓާގައި ލިބުނެވެ. 

ޓެކުސް ނޫން އާމްދަނީގެ ގޮތުގައި 1.19 ބިލިއަން ރުފިޔާ ފުރަތަމަ ކުއާޓާގައި ލިބިފައިވެ އެވެ. އެއީ ފާއިތުވި އަހަރުގެ ފުރަތަމަ ކުއާޓާގައި ޓެކުސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީއަށްވުރެ 25.3 އިންސައްތަ އިތުރު އަދަދެކެވެ. 

އާމްދަނީ އިތުރުވުމުގައި ޓޫރިޒަމް ތިޔާގިވުމުގެ ދައުރު މީރާއިން ފާހަގަކުރި ގޮތުގައި ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވި އެއް ސަބަބަކީ އަހަރުގެ ފުރަތަމަ ކުއާާޓާގައި ފަތުރުވެރިން ރާއްޖެއަށް މިންވަރު ފާއިތުވި އަހަރަށްވުރެ 13.1 އިންސައްތަ އިތުރުވުމެވެ. އޭގެ އިތުރަށް ޓެކުހުގެ ގާނޫނަށް ގެނައި ބަދަލާއެކު 2023 ވަނަ އަހަރުގެ ޖަނަވަރީން ޓީޖީއެސްޓީ ރޭޓު %16 އަށް އިތުރުކުރުމަކީވެސް ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ އިތުރުވި ސަބަބެކެވެ. އަދި އަންދާޒާކުރި މިންވަރަށްވުރެ އިތުރަށް ޓީޖީއެސްޓީގެ ގޮތުގަައި އާމްދަނީ ލިބުނު މައިގަނޑު ސަބަބަކީ އަހަރުގެ ފުރަތަމަ ކުއާޓާގައި އަންނާނެ ކަމަށް ކުރިން އަންދާޒާކުރި މިންވަރަށްވުރެ %8 އިތުރަށް ފަތުރުވެރިން ރާއްޖެއަށް އައުމެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.