މަހުޖަނުންނާއި ވިޔަފާރިތަކުން ޓެކްސް ދެއްކި މިންވަރު ތިން ބިލިއަނަށް

ރާއްޖޭގައި އިންކަމް ޓެކްސް ދައްކަން ޖެހޭ ތިބީ 3200 މީހުންނެވެ. މި ޓެކުހުގެ 85 ޕަސެންޓް ހިއްސާ ކުރަނީ 60 ފަރާތަކުންނެވެ.

ރާއްޖޭގެ ބައެއް ވިޔަފާރިތަކުން ވެރިން : އިންކަމް ޓެކްސް ދެއްކި މިންވަރު ވަނީ މަތިވެފަ

ރާއްޖޭގައި ތިބި މުއްސަނދި މަހުޖަނުން އަދި އަތްމަތި ތަނަވަސް މީހުންނާއި ވިޔަފާރިތަކުން ދައްކާ "އިންކަމް ޓެކްސް" ދެއްކި މިންވަރު ތިން ބިލިއަން ރުފިޔާއަށް އަރައިފި އެވެ. 

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ހިސާބުތައް ދައްކާ ގޮތުގައި މަހުޖަނުންނާއި ފައިސާވެރިންގެ އަތުން ނަގާ އިންކަމް ޓެކުހުގެ ގޮތުގައި މި އަހަރުގެ މިހާތަނަށް ތިން ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މި ޓެކުހުން މިދިޔަ އަހަރު ލިބިފައިވަނީ ދެ ބިލިއަން ރުފިޔާ ވަރެވެ. 

އިންކަމް ޓެކުހުގެ ތެރޭގައި ހިމެނޭ ބައިތައް

  • ކުންފުނިތަކާއި ވަކިވަކި ފަރުދުން ނޫން - މި އަހަރު 1.1 ބިލިއަން | މިދިޔަ އަހަރު 972 މިލިއަން
  • ނޮން ރެސިޑެންޓް ވިތްހޯލްޑިން ޓެކްސް - މި އަހަރު 549 މިލިއަން | މިދިޔަ އަހަރު 499 މިލިއަން
  • އިންޑިވިޖުއަލް އިންކަމް ޓެކްސް - މި އަހަރު 171 މިލިއަން | މިދިޔަ އަހަރު 147 މިލިއަން
  • ޕާސަނަލް އިންކަމް ޓެކްސް - މި އަހަރު 62 މިލިއަން | މިދިޔަ އަހަރު 42 މިލިއަން
  • އެޕްލްޕޯއީ ވިތް ހޯލްޑިން ޓެކްސް - މި އަހަރު 109 މިލިއަން | މިދިޔަ އަހަރު 104 މިލިއަން
  • ބޭންކް އިންކަމް ޓެކްސް - މި އަހަރު 945 މިލިއަން | މި އަހަރު 393 މިލިއަން

އިންކަމް ޓެކްސްގެ ބައިތަކުގެ ތެރޭން އެންމެ ބޮޑު އަދަދެއް އިތުރުވެފައިވަނީ ބޭންކް އިންކަމް ޓެކުހުންނެވެ. މި ބައިން މިދިޔަ އަހަރު 393 މިލިއަން ދެއްކ ނަމަވެސް މި އަހަރު ދެއްކި އަދަދު ވަނީ 945 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. އަދި އިންޑިވިއަލް މަހުޖުންން އިންކަމް ޓެކްސް ދެއްކި އަދަދުވެސް މައިތިވެފައިވެ އެވެ. މި އަހަރު މި އަދަދު މި އަހަރު 171 މިލިއަން ރުފިޔާގައި ހުރިއިރު މިދިޔަ އަހަރު މި އަދަދު ހުރީ 147 މިލިއަން ރުފިޔާގަ އެވެ. އިންޑިވިޖުއަލް އިންކަމް ޓެކްސް ނަގަނީ، މުސާރަ އާއި ލިބޭ އިނާޔަތް ތަކުންނެވެ. މި ޓެކްސް ނަގަނީ 60،000 ރ. އަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ ވަކިވަކި ފަރުދުންގެ އަތުންނެވެ.

އިންކަމް ޓެކުސް - އިންކަމް ޓެކްސް ނަގަން ފެށީ އޭޕްރީލް 1، 2020 ގަ އެވެ. އިންކަމް ޓެކުހުގެ ގޮތުގައި މަހެއްގެ މައްޗަށް 60،000ރ. އާއި 100،000ރ. ރުފިޔާއާ އާ ދެމެދުގެ އާމްދަނީއެއް ލިބޭ މީހުންގެ އަތުން ނަގަންޖެހޭނީ އާމްދަަނީގެ 5.5 ޕަސެންޓެވެ. މީގެ އިތުރުން 100،000ރ. އާއި 150،000ރ. އާ ދެމެދުގެ ވުރެ އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން ޓެކުހުގެ ގޮތުގައި 8 ޕަސެންޓް ނަގަން ޖެހެ އެވެ. މީގެ އިތުރުން 150،000ރ. އާއި 200،000ރ. އާ ދެމެދުގެ އަމްދަނީއެއް ލިބޭ މީހުންގެ އަތުން 12 ޕަސެންޓުގެ ޓެކްސް ނަގަ އެވެ.. އަދި ދެ ލައްކަ ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުން 15 ޕަސެންޓް ދައްކަން ޖެހޭނެ ކަމަށް ކަނޑައަޅާފައިވެ އެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގައި އާމްދަނީ ޓެކްސް ނަގައިގެން ދައުލަތަށް ލިބޭ އާމްދަނީގެ 85 ޕަސެންޓް ހިއްސާ ކުރަނީ 60 ފަރާތަކުންނެވެ. މި ޓެކްސް ދައްކަން ޖެހޭނީ 3200 މީހުންނެވެ.

ފިނޭންސް މިނިސްޓްރީން ލަފާކުރާގޮތުގައި އިންކަމް ޓެކްސްގެ ގޮތުގައި ދައުލަތަށް އަހަރަކު 450 މިލިއަން ރުފިޔާ ލިބޭނެ އެވެ. ނަމަވެސް މިހާރު އަހަރެއްގެ މައްޗަށް މި ޓެކުހުން ލިބޭ މިންވަރު ވަނީ މަތިވެފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.