ފާޑުކިޔައި ވައުދުތައް ހަނދާންކޮށްދޭ ފުޅަނދުތަކަކީ ބިނާކުރަނަވި މެސެޖެއް: ޝިޔާމް

އެއިރެއްގައި ރާއްޖޭގެ ސިޔާސީ މަސްރަހުގައި އެންމެ ފާހަގަކުރެވޭ ކަންކަމާއި، ވެރިކަމުގައި އޮންނަ ޕާޓީއަކުން ވެރިކަން ހޯދުމަށް ވެފައިވާ ވައުދުތައް ހިމަނަައިގެން ސަމާސާ ގޮތަކަށް ތައްޔާރުކުރާ މާލިތަކުގެ ފޮޓޯއާއި ވީޑިއޯ ވައިރަލްވެ އެވެ.

ކުޅުދުއްފުށީ މާލި ޕެރޭޑުގެ ތެރެއިން މަސްވެރިންގެ ފައިސާއާ ގުޅޭ ފުޅަނދު ބުރެއް، ފޮޓޯ: ކުޅުދުއްފުށީ ސިޓީ ކައުންސިލު

އީދު ދުވަހުގައި ހދ.ކުޅުދުއްފުށީގައި ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ މާލި ޕެރޭޑަކީ ބިނާކުރަނަވި މެސެޖެއް ކަމުގައި ސިފަކުރައްވައި، އެ ޕެރޭޑުގައި ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔާ ކިޔުމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމު ތާރީފު ކުރައްވައިފި އެވެ. 

ކުޅުދުއްފުށި ސިޓީގައި ކޮންމެ އީދެއްގައިވެސް ބާއްވާ މާލި ޕެރޭޑަކީ ގިނަ ބައެއްގެ ސަމާލުކަން ލިބޭ ޕެރޭޑެކެވެ. އެއިރެއްގައި ރާއްޖޭގެ ސިޔާސީ މަސްރަހުގައި އެންމެ ފާހަގަކުރެވޭ ކަންކަމާއި، ވެރިކަމުގައި އޮންނަ ޕާޓީއަކުން ވެރިކަން ހޯދުމަށް ވެފައިވާ ވައުދުތައް ހިމަނަައިގެން ސަމާސާ ގޮތަކަށް ތައްޔާރުކުރާ މާލިތަކުގެ ފޮޓޯއާއި ވީޑިއޯ ކޮންމެ އީދެއްގައިވެސް މީސްމީޑިއާގައި ދައުރުވެ އެވެ. 

މިފަހަރު މާލި ޕެރޭޑުގައި މައިގަނޑު ތީމަކަށްވީ ކަރަންޓު ބިލުތައް ބޮޑުވުމެވެ. މަޖާ މެސެޖުތަކާއެކު ކަރަންޓު ބިލު ބޮޑުވުމާ ގުޅިގެން ސަރުކާރުން ދައްކާފައިވާ ބައެއް ވާހަކަތަކަށް އެ ޕެރޭޑުގައި ޖޯކު ޖަހާފައިވެ އެވެ. 

ކުޅުދުއްފުށީ މާލި ޕެރޭޑުގެ ތެރެއިން ކަރަންޓާ ގުޅޭ ފުޅަނދު ބުރެއް، ފޮޓޯ: ސިޓީ ކައުންސިލް

އޭގެ އިތުރަށް މަސްވެރިންނަށް ފައިސާ ނުލިބުމުގެ މައްސަލަ ފަދަ ކަންކަން ޕެރޭޑުގައި ފާހަގަކުރި އެވެ. 

އެކަންކަމާ ގުޅިގެން އޮންލައިން ނޫހެއްގައި ޝާއިއުކޮށްފައިވާ ލިޔުމެއް ހިއްސާ ކުރައްވައި އެކްސްގައި މިނިސްޓަރު ޝިޔާމު ވިދާޅުވެފައިވަނީ ކުޅުދުއްފުށީ މަށިމާލި ޕެރޭޑަކީ އީދުގެ އުފާވެރި ޖައްވުން އަބަދުވެސް ގިނަ ބައެއްގެ ސަމާލުކަން ހުއްޓޭ ހަރަކާތެއް ކަމަަށެވެ. 

އަދި އީދުގެ މިފަދަ ޕެރޭޑުތަކުގައި ސަރުކާރުތަކުގެ ބައެއް ސިޔާސަތުތަކަށް ފާޑުކިޔައި، ސަރުކާރުތަކުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ހަނދާންކޮށްދޭ ފުޅަނދުތައް އެ ޕެރޭޑުގައި ހިމެނުމަކީ އޭނާގެ ދެކެވަޑައިގަންނަވާ ގޮތުގައި ބިނާކުރަނިވި ފާޑުކިޔުމެއް އަދި ރަނގަޅު މެސެޖެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.