ސިނަމާލޭގައި މަސައްކަތްކުރި ބިދޭސީއަކު އަނބުރައިގަނެގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފައި ކަމަށް ފުލުހުން ބުނެ އެވެ.
މީޑިއާތަކަށް މިއަދު ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ، ސިނަމާލެ ބްރިޖުގައި މަސައްކަތް ކުރި ބިދޭސީއަކު އަނބުރައިގަނެގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދިޔައީ ރޭގެ ވަގުގެއްގައި ކަމަށެވެ.
އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެ އެވެ.
މަރުވީ އިންޑިއާއަށް ނިސްބަތްވާ ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.