ކައުންސިލަރުންނާއި އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކުރަނީ

މި ބަދަލު އަންނާނީ ކައުންސިލަރުންގެ އިތުރުން، އެތަންތަނުގައި މަސައްކަތްކުރާ ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ވެސް ހިމެނޭ ގޮތަށެވެ.

ސިޓީޒް މިނިސްޓަރު އާދަމް ޝަރީފް އުމަރު

ކައުންސިލްތަކުގެ ދަރަޖަ މަތިކޮށް، ކައުންސިލަރުންނާއި އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ލޯކަލް ގަވަމެންޓު މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، ކައުންސިލްތަކުގެ ދަރަޖަ ހަތަރަކުން ތިނަކަށް މަތިކުރުމުގެ މަސައްކަތް ޕޭ ކޮމިޝަނުން ކުރާކަމަށެވެ. އެއާ އެކު ކައުންސިލްތަކުގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ވިދާޅުވި އެވެ.

''ދެން އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފަ އޮތްގޮތުން މިހާރު އެކަމާ ގުޅޭ ގޮތުން ޕޭކޮމިޝަނުން ކުރައްވަން ޖެހޭ މުހިންމު މަސައްކަތްތައް ކުރައްވާފަ ސަރުކާރަށް ހުށަހެޅެމެއް ތައްޔާރުކުރުމުގެ މަގުމަތީގަވީ'' މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވި އެވެ.

މި ބަދަލު އަންނާނީ ކައުންސިލަރުންގެ އިތުރުން، އެތަންތަނުގައި މަސައްކަތްކުރާ ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ވެސް ހިމެނޭ ގޮތަށް ކަމަށް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވި އެވެ.

''ކައުންސިލްތައް އަޅުގަނޑުމެން މި މާނަ ކުރަނީ ކައުންސިލަރުންނާ އަދި އެތަނުގައި މަސައްކަތްކުރައްވާ ސިވިލް ސާވަންޓުން ވެސް އޭގެ ތެރޭގައި ހިމެނިގެން. ހަގީގަތުގައި، ކައުންސިލްތަކުގައި މި ތިއްބަވާ ކައުންސިލަރުންނަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއްވަނީ އެތަންތާ ތިއްބަވާ ސިވިލް ސާވިސްގެ ބޭފުޅުން...'' މިނިސްޓަރު ވިދާޅުވި އެވެ.

މިއީދު ބަންދަށް ފަހު ޕޭކޮމިޝަނާ އެކު ބައްދަލުކުރައްވާނެ ކަމަށާއި، އަދި އެކޮމިޝަނުގެ ހުށަހެޅުންތަކުން ކައުންސިލްތަކަށް ލިބޭނެ ކުރިއެރުން ބައްލަވާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

ލާމަރުކަޒުކުރުމުގެ ސިޔާސަތު ހަރުދަނާކުރުމަށް މި ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން ކައުންސިލްތައް ބާރުވެރިކުރުވުމަކީ އެންމެ ބޮޑު އަމާޒެވެ. އެކަމަށްޓަކާ ގިނަ މަސައްކަތްތަކެއް ވެސް އަންނަނީ ކުރަމުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.