ކައުންސިލުތަކަށް ދޫކުރި ގްރާންޓު ފައިސާ އިތުރުވެއްޖެ

މި އަހަރުގެ މިހާތަނަށް ކައުންސިލުތަކަށް ގުރާންޓުގެ ގޮތުގައި ދޫކުރި ފައިސާގެ އަދަދުވަނީ %19 އިން އިތުރުވެފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މަގޫދޫ ކައުންސިލާއި ޑަބްލިޔުޑީސީއާ ބައްދަލު ކުރައްވަނީ

މި އަހަރު ކައުންސިލުތަކަށް ގުރާންޓު ފައިސާގެ ގޮތުގައި ސަރުކާރުން ދޫކުރި އަދަދު ފާއިތުވި އަހަރަށްވުރެ އިތުރުވެފައިވާކަން ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފި އެވެ. 

ހަފުތާއަކު އެއްފަހަރު ފިނޭންސް މިނިސްޓްރީން އާންމުކުރާ ޚަރަދުތަކާއި އާމްދަނީގެ ހިސާބުތަކަށް ބަލާއިރު ހިނގަމުންދާ ޖޫން މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ލޯކަލް ކައުންސިލުތަކަށް ގުރާންޓުގެ ގޮތުގައި 938.9 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ. 

މި އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ކައުންސިލުތަކަށް ގްރާންޓު ފައިސާގެ ގޮތުގައި ދޫކުރަން ކަނޑައަޅާފައިވަނީ 2.2 ބިލިއަން ރުފިޔާ އެވެ. އެހެންކަމުން މިހާތަނަށް ކައުންސިލުތަކަށް ގުރާންޓުގެ ގޮތުގައި ދޫކުރަން ބަޖެޓުކުރި އަދަދުގެ 42 އިންސައްތަ ފައިސާވަނީ ދޫކުރެވިފަ އެވެ. 

ފާއިތުވި އަހަރުގެ މި މުއްދަތުގައި ކައުންސިލުތަކަށް ގުރާންޓުގެ ގޮތުގައި ދޫކޮށްފައިވަނީ 781.8 މިލިއަން ރުފިޔާ އެވެ. އެހެންކަމުން މި އަހަރުގެ އެ މުއްދަތުގައި ކައުންސިލުތަކަށް ގުރާންޓުގެ ގޮތުގައި ދޫކުރި ފައިސާގެ އަދަދުވަނީ %19 އިން  އިތުރުވެފަ އެވެ. 

ލާމަރުކަޒީ ގާނޫނުގެ ދަށުން ބްލޮކް ގްރާންޓުގެ ގޮތުގައި ސަރުކާރުން ކައުންސިލުތަކަށް ދޫކުރާ ފައިސާއަކީ ކައުންސިލުތަކުގެ ހިންގުމަށާއި، މުވައްޒަފުންގެ މުސާރަ ދިނުމަށް ކައުންސިލުތަކުން ބޭނުންކުރާ ފައިސާ އެވެ. އަދި ބައެއް ކައުންސިލުތަކުން އިންވެސްޓުކޮށް އިތުރު އާމްދަނީ ހޯދުމަށްވެސް އެ ފައިސާއިން ބައެއް ބޭނުންކުރެ އެވެ. 

ކައުންސިލުތަކަށް ގުރާންޓު ފައިސާ ލިބުން ލަސްވެގެން ބައެއް ކައުންސިލުތަކުން ޝަކުވާކޮށްފައިވަނިކޮށް އެލްޖީއޭއީންވަނީ ކައުންސިލުތަކަށް ގްރާންޓު ފައިސާ ޖަމާކުރުން އަވަސްކޮށްދޭން ފިނޭންސް މިނިސްޓްރީގައި އެދިފަ އެވެ. 

ގުރާންޓު ފައިސާ އިތުރުކުރުން ކައުންސިލުތަކަށް ގްރާންޓުގެ ގޮތުގައި ދޫކުރާ ފައިސާގެ އަދަދު އިތުރުކުރައްވަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވައުދުވެ ވަޑައިގެންފައިވެ އެވެ. އަދި ކައުންސިލުތަކުގެ ބަޖެޓުގެ 5 އިންސައްތަ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ހާއްސަކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.