ޕުޓިން 24 އަހަރު ފަހުން އުތުރު ކޮރެއާއަށް ޒިޔާރަތް ކުރައްވަނީ

އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާއިންވަނީ ޕުޓިން މިއަދު އެ ގައުމަށް ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިފައިވާކަން ކަށަވަރު ކޮށްދީފަ އެވެ.

އުތުރު ކޮރެއާގެ ލީޑަރާއި ޕުޓިން ބައްދަލުކުރެއްވުން، ފޮޓޯ: ރޮއިޓާސް

ރަޝިޔާގެ ރައީސް ވަލްޑަމިރް ޕުޓިން އުތުރު ކޮރެއާއަށް އެންމެ ފަހުން ޒިޔާރަތް ކުރެއްވިތާ 24 އަހަރު ފަހުން މިއަދު އަނެއްކާ އެ ގައުމަށް ޒިޔާރަތްކުރައްވަން ހަމަޖެހިއްޖެ އެވެ. 

2019 ވަނަ އަހަރު ފަހުން ފުރަތަމަ ފަހަރަށް ނިމުނު އަހަރުގެ ސެޕްޓެންބަރު މަހުގައި ޕުޓިންއާ ބައްދަލުކުރެއްވުމަށް ރަޝިޔާގެ އިރުމައްޗަށް ކުރެއްވި ޒިޔާރަތުގައި އުތުރު ކޮރެއާއަށް ވަޑައިގަތުމަށް ޕުޓިންއަށް ދައުވަތު ދެއްވީ އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން އެވެ. 

"އުތުރު ކޮރެއާގެ ރައީސް ކިމް ޖޮންގ އުންގެ ދައުވަތަކަށް ރައީސް ޕުޓިން އެ ގައުމަށް ޖޫން 18 ވަނަ ދުވަހުން 19 ވަނަ ދުވަހަށް ޒިޔާރަތެއް ކުރެއްވުމަށްވަނީ ހަމަޖެހިފައި،" ކްރެމްލިންއިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ. 

އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާއިންވަނީ ޕުޓިން މިއަދު އެ ގައުމަށް ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިފައިވާކަން ކަށަވަރު ކޮށްދީފަ އެވެ. 

އެންމެ ފަހުން ޕުޓިން އުތުރު ކޮރެއާއަށް ޒިޔާރަތް ކުރެއްވީ ރަޝިޔާގެ ރައީސްކަމާ އޭނާ ހަވާލުވެ ވަޑައިގެން 2000 ވަނަ އަހަރު އެވެ. އެއިރު އުތުރު ކޮރެއާގެ ވެރިކަން ކުރެއްވީ ކިމްގެ ބައްޕާފުޅު ކޮމް ޖޮން އެވެ. 

މިއަދު އުތުރު ކޮރެއާގެ ވެރިކަން ކުރާ ޕާޓީގެ ރަސްމީ ނޫހުގައި ޝާއިއުކޮށްފައިވާ ޕުޓިންގެ ސިޓީއެއްގައި އޭނާ ވިދާޅުވެފައިވަނީ ރަޝިޔާއާއި އުތުރު ކޮރެއާގެ މެދުގައި ރަނގަޅު ގުޅުންތަކެއް އުފެދިފައިވާ ކަމަށާއި، އެ ގުޅުންތަކުގެ އަސާސަކީ ދެ ގައުމުގެ މެދުގައި ބާއްވާ ހަމަހަމަކަމާއި އިހުތިރާމާއި އިތުބާރު ކަމަށެވެ. 

އަދި އުތުރު ކޮރެއާއާއި ރަޝިޔާ ގުޅިގެން ހުޅަނގުގެ މައްޗަށް ބަރޯސާނުވާ ވިޔަފާރީގެ ނިޒާމުތައް އުފައްދައި، ޣައިރު ގާނޫނީ ދަތިކުރުންތަކުން ސަލާމަތްވެވޭނެ މަގުތައް ކޮށާނެ ކަމަށްވެސް ޕުޓިން ވިދާޅުވި އެވެ. 

އެމެރިކާގެ ފިއްތުންތަކާއި ބިރުދެއްކުމާއި އަސްކަރީ އިންޒާރުތަކުން ދަފަރާވެ ރައްކާތެރިވުމުގައި ރަޝިޔާއިން އުތުރު ކޮރެއާއަށް އެހީތެރިވާނެ ކަމުގެ ޔަގީންކަން ޕުޓިން ދެއްވާފައި ވެއެވެ. އަދި ޔޫކުރެއިނާ ދެކޮޅަށް ކުރާ ހަނގުރާމާގައި ރަޝިޔާއަށް ތާއީދުކުރާތީ އުތުރު ކޮރެއާއަށް އޭނާ ޝުކުރު އަދާކުރެއްވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.