ރައީސުލްޖުމްހޫރިއްޔާ މި ޝުކުރު އަދާކުރެއްވީ ސައުދީ އަރަބިއްޔާގެ ވަލީއަހްދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސުއޫދަށް ފޮނުއްވި ސިޓީފުޅެއްގައެވެ.
މިއަހަރުގެ ހައްޖު މޫސުމު ގައި ހައްޖާޖީންނަށް ސައުދީ އަރަބިއްޔާގެ ސަރުކާރުން ވަރަށް ފުރިހަމަ އިންތިޒާމުތަކެއް ހަމަޖައްސަވާދެއްވާފައިވާތީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ސައުދީ ސަރުކާރަށް ޝުކުރު އަދާކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ މި ޝުކުރު އަދާކުރެއްވީ ސައުދީ އަރަބިއްޔާގެ ވަލީއަހްދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސުއޫދަށް ފޮނުއްވި ސިޓީފުޅެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި ހައްޖުގެ މަތިވެރި އަޅުކަމުގެ ދުވަސްވަރަކީ މުސްލިމު އުންމަތުގެ މެދުގައި އޯގާތެރިކަމާއި ދީލަތިކަމާއި އެއްބައިވަންތަކަން އާލާވެގެންދާ ދުވަސްވަރެއްކަމުގައި ލެއްވުމަށާއި މުސްލިމު އުންމަތަށް ސުލްހަމަސަލަސްކަމާއި އުފާވެރިކަން ފާގަތިކަން އިތުރުދެއްވުން އެދިވަޑައިގެން ދުއާ ދަންނަވާފައިވެއެވެ.
މީގެ އިތުރުން އަލްހާ އީދުގެ މުނާސަބާގެ ތަހުނިޔާއާ ހެޔޮއެދުންތައް ސައުދީ ވަލީއަހްދާއި ސައުދީ ސަރުކާރާއި އެ ގައުމުގެ ރައްޔިތުންނަށް ފޮނުވާފައިވެއެވެ.
އެމަނިކުފާނުގެ ސިޓީފުޅު ނިންމަވާލައްވާފައި ވަނީ ސައުދީ އަރަބިއްޔާގެ ރައްޔިތުންނަށް އުފާފާގަތިކަމާ އަދި ވަލީއަހްދަށް ފުރިހަމަ ސިއްހަތަކަށް އެދިވަޑައިގަންނަވަމުން ނެވެ.