ދުއްވުން މަނާ ގަޑީގައި ވެހިކަލް ދުއްވި 43 މީހަކު ޖޫރިމަނާ ކޮށްފި

އީދު ދުވަހުގައި އުޅަނދު ދުއްވުން މަނާކޮށްފައިވާ ވަގުތުގައި އުޅަނދު ދުއްވައިގެން ޖޫރިމަނާކޮށްފައިވަނީ ޖުމްލަ 43 މީހުންނެވެ.

މާލެ ސިޓީގައި ޓްރެފިކް ބޮޑު ވަގުތެއް -- މިހާރުގެ ފޮޓޯއެއް

އަޟްހާ އީދު ދުވަހުގައި މާލޭ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާކުރި ވަގުތުގައި އުޅަނދު ދުއްވައިގެން 43 މީހަކަށް ފިޔަވަޅު އަޅައިފި ކަމަށް ފުލުހުން ބުނެފި އެވެ. 

މީޑިއާއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާނު ވިދާޅުވެފައިވަނީ ޓްރާންސްޕޯޓު މިނިސްޓްރީގެ އެންގުމާ ހިލާފަށް އެއްގަމު އުޅަަނދު ދުއްވައިގެން މާލެއިން ފިޔަވަޅު އަޅާފައިވަނީ 3 މީހުންނަށް ކަމަށެވެ. 

އޭނާ އިތުރަށް ވިދާޅުވީ މިނިސްޓްރީގެ އެންގުމާ ހިލާފުވެގެން ހުޅުމާލެއިން 27 މީހުން އަދި ހުޅުމާލޭ ފޭސް 2 އިން 13 މީހުންނަށް ފިޔަވަޅުއަޅާފައިވާ ކަމަށެވެ. 

ޖުމްލަކޮށް އީދު ދުވަހުގައި އުޅަނދު ދުއްވުން މަނާކޮށްފައިވާ ވަގުތުގައި އުޅަނދު ދުއްވައިގެން ޖޫރިމަނާކޮށްފައިވަނީ 43 މީހުންނެވެ. 

އީދު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގެ ހުރިހާ މަގެއްގައި އުޅަނދުތައް ދުއްވުން އޮތީ މަނާކޮށްފަ އެވެ. 

ކޮންމެ އީދު ދުވަހެއްގައިވެސް ހަވީރު ވަގުތުގައި ވެހިކަލު ދުއްވުން މަނާކުރަނީ އާއިލާއާއެކު ކުޑަކުދިންނާއި ބޮޑެތި މީހުންނަށްވެސް އީދު އެންމެ ފުރިހަމަ ގޮތުގައި ފާހަގަކުރުމުގެ މަގު ފަހިކޮށްދިނުމަށެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.