ނޮޅިވަރަމް ފުޓްސަލް ދަނޑުގައި ރޯކޮށްލާ ބޮޑު ބައެއް އަންދާލައިފި

ފުލުހުން ބުނީ އެ ރަށު ފުޓްސަލް ދަނޑުގައި އަލިފާން ރޯވެފައިވާ ކަމުގެ މައުލޫމާތު ރޭ ފަތިހު 5:24 ހާއިރު ލިބުނު ކަމަށެވެ. މީހަކަށް އަނިޔާ ނުވާ ކަމަށް ވެސް ބުންޏެވެ.

ނޮޅިވަރަމް ފުޓްސަލް ދަނޑުގައި ރޯވެ އަނދަނީ

ހދ. ނޮޅިވަރަމް ފުޓްސަލް ދަނޑުގައި ރޯކޮށްލާ ބޮޑު ބައެއް އަންދާލައިފި އެވެ.

ނޮޅިވަރަމް ފުޓްސަލް ދަނޑުގައި ރޯކޮށްލީ ރޭ ފަތިހު އެވެ. ފުލުހުން ބުނީ އެ ރަށު ފުޓްސަލް ދަނޑުގައި އަލިފާން ރޯވެފައިވާ ކަމުގެ މައުލޫމާތު ރޭ ފަތިހު 5:24 ހާއިރު ލިބުނު ކަމަށެވެ. މީހަކަށް އަނިޔާ ނުވާ ކަމަށް ވެސް ބުންޏެވެ.

މި ހާދިސާ ހިނގީ ބަޔަކު ގަސްތުގައި ރޯކޮށްލައިގެން ކަމަކަށް ފުލުހުން ނުބުނެ އެވެ. ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ނޮޅިވަރަމް ފުޓްސަލް ދަނޑުގައި ރޯކޮށްލާ ބޮޑު ބައެއް އަންދާލާފައި މި ވަނީ އީދާ ގުޅިގެން މުބާރާތެއް ބާއްވަން ތައްޔާރު ވަމުން ދަނިކޮށެވެ. މުބާރާތް އިންތިޒާމު ކުރާ ފަރާތުންނާއި ރަށުގެ ގިނަ ބަޔަކު ދެކޭ ގޮތުގައި މިއީ ބަޔަކު ގަސްތުގައި ކޮށްފައިވާ ކަމެކެވެ. ނަމަވެސް އެފަދަ ކަމެއް ކުރަން ޖެހޭ ސަބަބެއް ނޭންގޭ ކަމަށް ބުންޏެވެ.

މީގެ ކުރީން ވެސް އެ ރަށުގައި މިފަދަ ހާދިސާތައް ހިނގާފައިވެ އެވެ. ދަނޑުގައި އަޅަން ޓާފް ގެނެސްފައި ހުއްޓާ ރޯކޮށްލުން ފަދަ ކަންކަން ހިނގާފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.