ހަވާ އެރުވުމާއެކު މާފުށީގައި އީދު ފާހަގަކޮށްފި

ރޭ ބޭއްވި މިއުޒިކް ޝޯވްގައި ޑީޓިއުންސް އާއި ސްމޯކް ބޭންޑްގެ ހުށަހެޅުންތައް ފެނިގެން ދިޔަ އެވެ.

މާފުށި އީދު ޝޯވް : މި އަހަރުގެ އީދުގައި ހަވާއެރުވުންވެސް ބޭއްވި

ހަވާއެރުވުމާއެކު ކުލަގަދަކޮށް ކ. މާފުށީގައި އީދުގެ ފާހަގަ ކުރުމުގެ ހަރަކާތްތައް ބާއްވައިފި އެވެ. 

މާފުށި ކައުންސިލުން އިންތިޒާމުކުރި އެންމެންގެ އީދު މާފުށި ހަރަކާތްތަކުގެ ތެރެއިން ކުލަގަދަ މިއުޒިކް ޝޯއެއް ރޭ ވަނީ ބާއްވާފަ އެވެ. މި ޝޯގައި މާފުށީ ބޮޑު ބެރު ގްރޫޕުގެ އިތުރުން ޑީޓިއުންސް އާއި ސްމޯކް ބޭންޑް ބައިވެރިވެފައިވެ އެވެ. މި ޝޯ ބަލައިލަން މާލޭން ވެސް ބައެއް މީހުން އައިސްފައިވެ އެވެ. 

އީދުގެ ހަރަކާތްތަކުގެ މަސައްކަތް މި ރަށުގައި ކުރި މާފުށި ލޯކަލް އޮތޯރިޓީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސަލްމާން ރަޝީދު ވިދާޅުވި ގޮތުގައި އީދު ޝޯވް ނިމުނުނަމަވެސް ކުރިއަށް އޮތް ދެ ދުވަހު ވެސް އީދުގެ އެކި ކުޅިވަރުތައް ކުރިއަށްދާނެ އެވެ. 

މާފުށީގައި ކުރިއަށްހުރި އީދުގެ ހަރަކާތްތައް

  • މިއަދު ހަވީރު ކޯޑި ކެނޑުން
  • މިރޭ މަސް ރޭސް އަދި ބާބެކިއު އަދި ބޮޑުބެރު
  • މާދަމާ ރޭ ނަލަ ކޯޑި އާއި މާލި ޕެރޭޑް
މާފުށި - މާފުއްޓަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޓޫރިޒަމް ވިޔަފާރި ކުރާ އެއް ރަށެވެ. އެ ރަށުގެ އާބާދީ 2،000 އަށްވުރެ މައްޗެވެ. މާފުއްޓަކީ އަހަރަކު ގާތްގަނޑަކަށް 40 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 618 މިލިއަން ރުފިޔާ) ރޯލް ކުރާ ބޮޑު އިގްތިސޯދެކެވެ. އެއީ މާލެ ފިޔަވަައި ރާއްޖޭގައި އޮތް އެންމެ ގިނައިން އާމްދަނީ ބޮޑު ރަށެވެ. އެ ރަށުގައި 63 ތަނެއްގައި 1,868 ޓޫރިސްޓު އެނދު އެބަހުއްޓެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.