މާރާމާރީގައި ހައްޔަރުކުރި މީހުން ތަހުގީގު ނިމެންދެން ބަންދު

ފުލުހުން ބުނީ އެ މީހުންގެ ބަންދާމެދު ގޮތް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ތަހުގީގު ނިމެންދެން ބަންދުގައި ބެހެއްޓުމުގެ އަމުރު ދީފައިވާ ކަމަށެވެ،

ދިވެހި ފުލުހުންގެ ހިދުމަތުގެ އިދާރާ

މާލެ ސިޓީގައި ރޭ ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރު ކުރި މީހުން ތަހުގީގު ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ކޮށްފި އެވެ.

ދަރުބާރުގެ ކައިރީ މާރާމާރީއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ފުލުހަށް ލިބުނީ ރޭ 10:30 ހާއިރު އެވެ. މާރާމާރީގައި އެކަކަށް އަނިޔާވި އެވެ. އެ މީހާއަށް އަސްކަރީ ހޮސްޕިޓަލް -- ސެނެހިޔާގައި ފަރުވާ ދީފައިވެ އެވެ.

މި މައްސަލައާ ގުޅިގެން ރޭ ވަނީ ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަަށަަށް ގެނެސް ތަހުގީގު ފަށާފަ އެވެ. އޭގެ ފަހުން މިއަދު އިތުރު ދެ މީހަކު ހައްޔަރު ކުރި އެވެ. އެއީ ދިވެހި ފިރިހެނުންނެވެ.

ފުލުހުން ބުނީ އެ މީހުންގެ ބަންދާމެދު ގޮތް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ތަހުގީގު ނިމެންދެން ބަންދުގައި ބެހެއްޓުމުގެ އަމުރު ދީފައިވާ ކަމަށެވެ.

މާލޭގައި އިތުރު މާރާމާރީއެއް

ފުލުހުން ބުނީ މިއަދު މެންދުރު ވެސް މާލޭގައި މާރާމާރީއެއް ހިންގާފައިވާ ކަމަށެވެ. 12:45 ހާއިރު މާރާމާރީ ހިންގީ ޝަހީދު އަލީ މިސްކިތް ކައިރީގަ އެވެ.

މާރާމާރީގައި ދެ މީހަކު ވަނީ ޒަހަމުކޮށްލާފަ އެވެ. އެ ދެ މީހުންނަށް އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުންނެވެ.

ހުޅުމާލޭގައި ފަތިސް ވަގުތު މާރާމާރީއެއް

ފުލުހުން ބުނީ ހުޅުމާލެ ފިލިގަސް މަގުގައި މާރާމާރީއެއް ހިނގި ކަމުގެ ރިޕޯޓް ރޭ ފަތިހު ލިބިފައިވާ ކަމަށެވެ. މާރާމާރީ ހިންގި ސަރަހައްދަށް ފުލުހުން ދިއުމުން މާރާމާރީ ހިންގި މީހާ އެ ސަރަހައްދުގައި އޮތް ކާރަކަށް އަރައިގެން ފިލަން މަސައްކަތް ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އަދި ކާރު ހުއްޓުވަން މަސައްކަތް ކުރުމުން ފުލުސް މީހާގެ ގައިގައި ކާރުން ޖައްސާ ކާރުގައި ތިބި ދެ މީހުން ފިލާފައިވާ ކަމަށެވެ. ނަމަވެސް އެތަނުން އެކަކު މިހާރު ވަނީ ހައްޔަރު ކޮށްފަ އެވެ. އަނެއް މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.

މާރާމާރީގައި އަނިޔާވި މީހާއަށް ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު ވަނީ ދޫކޮށްލާފަ އެވެ.

މިއީ ގުޅުންހުރި މާރާމާރީތަކެެެއް ނުވަތަ ނޫން ކަމެއް ފުލުހުން ނުބުނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.