މާރާމާރީގައި ދެ މީހަކު ވަނީ ޒަހަމުކޮށްލާފަ އެވެ. އެ ދެ މީހުންނަށް އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުންނެވެ.
ރޭ ވެސް މާލޭގައި ވަނީ މާރާމާރީއެއް ހިންގާފަ އެވެ. މީހަކު ޒަހަމު ވެސް ކޮށްލި އެވެ. އަދި މާރާމާރީ ހިންގުމުގެ ތުހުމަތަށް ހަތަރު މީހަކު ހައްޔަރު ކުރި އެވެ. އެއީ ހަތަރު ދިވެހީންނެވެ.
ފުލުހުން ބުނީ މިއަދު މެންދުރު ވެސް މާލޭގައި މާރާމާރީއެއް ހިންގާފައިވާ ކަމަށެވެ. 12:45 ހާއިރު މާރާމާރީ ހިންގީ ޝަހީދު އަލީ މިސްކިތް ކައިރީގަ އެވެ.
މާރާމާރީގައި ދެ މީހަކު ވަނީ ޒަހަމުކޮށްލާފަ އެވެ. އެ ދެ މީހުންނަށް އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުންނެވެ.
މާލޭގައި މާރާމާރީ އިތުރުވެފައި މިވަނީ ކުރީ އީދު ގައި ވެސް ސިލްސިލާ މާރާމާރީތަކެއް ހިންގާފައި ވަނިކޮށެވެ.