އެންމެނަށް ބައިވެރިވެވޭ އެންމެ ސަޅި އީދު ހަރަކާތްތައް ދަނގެތީގައި

އީދާ ގުޅިގެން ދަނގެތީގައި އޮންނަ އެންމެ ހާއްސަ ހަރަކާތަކީ އިސް ރަށްވެހީންގެ ހަވީރެވެ. މިއީ ރަށުގެ އިސް ރަށްވެހީގެ އަގު ވަޒަން ކުރުމުގެ ގޮތުން ބާއްވާ ހަވީރެވެ.

ދަނގެތީގައި އީދުގެ ގިނަ ހަރަކާތްތަކެއް އޮންނާނެ

މިދިޔަ ދެ އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް އދ. ދަނގެތީގައި ކުލަ ގަދަކޮށް ބޮޑު އީދުގެ ހަރަކާތްތައް އޮންނާނެ އެވެ.

ދަނގެއްޗަކީ އިސްލާމީ އުސޫލުތަކާއި އެއްގޮތަށް އެންމެނަށް ބައިވެރިވެވޭ ގޮތަށް އީދުގެ ހަރަކާތްތައް ކުރިއަށް ގެންދާ ރަށެކެވެ. އެ ކަމުގެ ސަބަބުން ބޮޑު އީދުގައި އެންމެ ފާހަގަކޮށްލެވޭ އެއް ރަށަކަށް ވެފައި ވަނީ ދަނގެއްޗެވެ.

އެ ރަށުގެ "ގަލަމް" ޖަމިއްޔާ އިން މުއައްސަސާތަކާއި ގުޅިގެން މިގޮތަށް އީދުގެ ހަރަކާތްތައް ކުރިއަށް ގެންދާ މިއީ ތިން ވަނަ އަހަރެވެ. މި އަހަރު ވެސް އީދުގެ ހަރަކާތްތައް ފެށުނީ އީދު ނަމާދުގެ ބޮޑު ޖަމާއަތުންނެވެ. ބޮޑު ޖަމާއަތުގައި ގިނަ ބަޔަކު ބައިވެރިވި އެވެ.

ދަނގެތީގައި އުލްހިޔާ ކަތިލުން

އޭގެ ފަހުން އޯޕަން ސްޓޭޖް ސަރަހައްދު ގައި އުލްހިޔާ ކަތިލުން ކުރިއަށް ގެންދިޔަ އެވެ.

މިއަދު ހަވީރު ހާއްސަ އާއިލީ ހަވީރެއް އޮންނާނެ އެވެ. އަދި މިރޭ ހުނަރު ދައްކާލުމުގެ މުބާާރާތް ކުރިއަށް ގެންދަން ވަނީ ނިންމާފަ އެވެ. 

އީދާ ގުޅިގެން ދަނގެތީގައި އޮންނަ އެންމެ ހާއްސަ ހަރަކާތަކީ އިސް ރަށްވެހީންގެ ހަވީރެވެ. މިއީ ރަށުގެ އިސް ރަށްވެހީގެ އަގު ވަޒަން ކުރުމުގެ ގޮތުން ބާއްވާ ހަވީރެވެ. ރަށުގެ އެންމެން ކަހަލަ ގޮތަކަށް ބައިވެރިވެގެން ކުރިއަށް ގެންދާ މި ހަވީރަކީ ވަރަށް ޝަރަފުވެރި ހަވީރެވެ.

ދަނގެތީގައި އުލްހިޔާ ކަތިލުން

މީގެ އިތުރުން އަންހެނުންގެ ކެއްކުމުގެ މުބާރާތަކީ ވެސް މިދިޔަ ދެ އަހަރު ވަރަށް ބޮޑަށް ފޯރިގަދަވި ހަރަކާތެކެވެ. "ރަނި ރަހަ" ނަމުގައި މި އަހަރު ވެސް މުބާރާތް އޮންނާނެ އެވެ.

އަދި ބޮޑު މަސް ބޭނުމުގެ ޝޯ އަކާއި މަސް ރޭހެއް ވެސް މި އަހަރު އޮންނާނެ އެވެ. ވާދެމުމުގެ މުބާރާތް ވެސް އޮންނާނެ އެވެ. އެ މުބާރާތް އޮންނާނީ ކުޑަކުދީންނާއި ބޮޑެތި މީހުންނަށް ވަކީންނެވެ. 

އީދު ހަރަކާތްތައް ނިންމާލާނީ ރައްޔިތުންނަށް އޮންނަ ހާއްސަ ބާބިކިއު އަކުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.