އާމްދަނީ ދަށްވިޔަސް ނިމުނު އަހަރު އެސްޓީއޯއަށް ރެކޯޑު ފައިދާއެއް

އަހަރީ ރިޕޯޓުގައ ބުނެފައިވަނީ ޓެކުހުގެ ހަރަދުތައް އުނިކުރުމަށްފަހު އެސްޓީއޯ ގުރޫޕުގެ ހުރިހާ ވިޔަފާރިއެއްގެ ސާފު ފައިދާއަކީ 1.09 ބިލިއަން ރުފިޔާ ކަމަށެވެ. އެއީ ކުރީ އަހަރަށްވުރެ 1.3 އިންސައްތަ އިތުރު އަދަދެކެވެ.

ސަރުކާރުގެ މައި ކުންފުނ އެސްޓީއޯ: ވިޔަފާރި ފުޅާ ކުރަން ގިނަ ޕްލޭންތަކެއް ވަނީ ރާވާފައި

ދައުލަތުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯއަށް ފާއިތުވި 2023 ވަނަ އަހަރު ލިބުނު އާމްދަނީ 2022 ވަނަ އަހަރާ އަޅާބަލާއިރު ދަށްވި ނަމަވެސް ސާފު ފައިދާގެ ގޮތުގައި ކުންފުންޏަށް ލިބުނު އަދަދު ރެކޯޑު މިންވަރަކަށް އިތުރުވެއްޖެ އެވެ.

އިއްޔެ އެސްޓީއޯގެ އަހަރީ ރިޕޯޓު އާންމުކޮށްފައިވާއިރު އެ ރިޕޯޓުން ފެންނަ ގޮތުގައި 2023 ވަނަ އަހަރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބުނީ 17.1 ބިލިއަން ރުފިޔާއެވެ. 2022 ވަނަ އަހަރު 19.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް އެ ކުންފުންޏަށް ލިބުނެވެ. 

އެހެންކަމުން 2022 ވަނަ އަހަރާ އަޅާބަލާއިރު 2023 ވަނަ އަހަރު އެސްޓީއޯއަށް އާމްދަނީގެ ގޮތުގައި ލިބުނު ފައިސާގެ އަދަދުވަނީ 1.99 ބިލިއަން ރުފިޔާއިން ދަށްވެފައެވެ. 

އެސްޓީއޯގެ އާމްދަނީ އަހަރުން އަހަރަށް ދަށްވުމަށް މެދުވެރިވި މައިގަނޑު ސަބަބެއްކަމަށް އެ ކުންފުނީގެ ރިޕޯޓުގައި ފާހަގަކުރީ ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު ހެޔޮވުމެވެ. 2022 ގައި ތެޔޮ ވިއްކައިގެން 13.4 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނުއިރު 2023 ގައި ލިބިފައިވަނީ 13 ބިލިއަން ރުފިޔާގެ އާމްދަނީ އެކެވެ. 

އެ ކުންފުނީގެ ވިޔަފާރިތަކުގެ ތެރެއިން އެންމެ ބޮޑު ކުރިއެރުމެއް 2023 ވަނަ އަހަރު ލިބުނީ ޝިޕިން ދާއިރާއިންނެވެ. ޝިޕިން ދާއިރާއިން 2022 ގައި 308 މިލިއަން ރުފިޔާ ލިބުނުއިރު، 2023 ގައި އެ އަދަދުވަނީ 22 އިންސައްތައިން އިތުރުވެ، ޖުމްލ 376 މިލިއަން ރުފިޔާ ލިބިފަ އެވެ. 

އޭގެ އިތުރަށް އިންޝުއަރެންސް ވިޔަފާރިން އެސްޓީއޯއަށް 2022 ގައި ލިބުނީ 436 މިލިއަން ރުފިޔާ ނަމަވެސް އެ އަދަދު 2023 ގައި 519 މިލިއަން ރުފިޔާއަށް އިތުރުވި އެވެ. އެއީ 19 އިންސައްތައިގެ ކުރިއެރުމެކެވެ. 

2023 ވަނަ އަހަރު އެސްޓީއޯއަށް ގްރޮސް ޕްރޮފިޓް ނުވަތަ އޮޕަރޭޓުކުރުމުގެ ހަރަދުތައް އުނިނުކޮށް 3.5 ބިލިއަން ރުފިޔާގެ ފައިދާ ލިބުނެވެ. އޮޕަރޭޓިން ހަރަދުތައް އުނިކުރުމަށްފަހު ފައިދާގެ ގޮތުގައި ލިބުނީ 1.5 ބިލިއަން ރުފިޔާއެވެ. މިއީ ރެކޯޑު އަދަދެކެވެ. 

އަހަރީ ރިޕޯޓުގައ ބުނެފައިވަނީ ޓެކުހުގެ ހަރަދުތައް އުނިކުރުމަށްފަހު އެސްޓީއޯ ގުރޫޕުގެ ހުރިހާ ވިޔަފާރިއެއްގެ ސާފު ފައިދާއަކީ 1.09 ބިލިއަން ރުފިޔާ ކަމަށެވެ. އެއީ ކުރީ އަހަރަށްވުރެ 1.3 އިންސައްތަ އިތުރު އަދަދެކެވެ. އެއީ އެ ކުންފުނީގެ ތާރީހުގައި މިހާތަނަށް ލިބުނު އެންމެ ބޮޑު ސާފު ފައިދާ އެވެ. 

އޭގެ އިތުރަށް އެސްޓީއޯ ގުރޫޕުގެ މައި ކުންފުނި އެސްޓީއޯއަށްވެސް ބޮޑު ސާފު ފައިދާއެއް ލިބުނެވެ. އެ ކުންފުންޏަށް 818 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވާކަމަށް އަހަރީ ރިޕޯޓުގައި ބުނެފައިވެ އެވެ. މިއީ އެސްޓީއޯ ގުރޫޕުގެ ހުރިހާ ކުންފުނިތަކުގެ ސާފު ފައިދާގެ 75 އިންސައްތަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.