މާރާމާރީގައި އެކަކަށް އަނިޔާވި އެވެ. މިހާތަނަށް ހަތަރު މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ. އެއީ މުޅީން ވެސް ދިވެހި ފިިރިހެނުންނެވެ.
ފުލުހުން ބުނީ ދަރުބާރުގެ ކައިރީ މާރާމާރީއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ރޭ 10:30 ހާއިރު ލިބުނު ކަމަށެވެ. މާރާމާރީގައި އެކަކަށް އަނިޔާވި އެވެ. އެ މީހާއަށް އަސްކަރީ ހޮސްޕިޓަލް -- ސެނެހިޔާގައި ދަނީ ފަރުވާ ދެމުންނެވެ.
ހާލު ސީރިއަސް ނޫން ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އަދި ބުނީ މި މައްސަލައާ ގުޅިގެން ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަަށަަށް ގެނެސް ތަހުގީގު ފަށާފައިވާ ކަމަށެވެ. އޭގެ ފަހުން މިއަދު އިތުރު ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ބުންޏެވެ. އެއީ ދިވެހި ފިރިހެނުންނެވެ.
މާރާމާރީގެ މައްސަލަތައް ވަރަށް ބޮޑަށް މަދުވެ އެފަދަ ކުށްކުރުން ވަނީ ވަރަށް ބޮޑަށް ހުއްޓުވިފަ އެވެ.