ފުނުގެ ހިދުމަތް ދޭ ކުންފުނިތަކަަށް ދައްކަންޖެހޭ ބިލުތައް ބަރާބަރަށް ދައްކަމުންދަނިކޮށް ގޭގެ ވެރިފަރާތުން އެދިގެން ކުންފުނީގެ ފަރާތުން މީޓަރު ތަޅު އެޅުވުމުގެ މައްސަލަތަކެއް ކޮމިޝަނަށް ހުށަހަަޅާފަައިވާ ކަމަށް އެޗްއާރުސީއެމުން ބުންޏެވެ.
ފެން ބިލު ބަރާބަރަށް ދައްކަމުންދަނިކޮށް ފެން މީޓަރުތަކުގައި ތަޅު އަޅުވައި ފެން ބަންދުކުރާ މައްސަލަތަކެއް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން ބަލަމުންދާކަން ހާމަކޮށްފި އެވެ.
އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސާފު ބޯފެން ފުދޭ މިންވަރަށް ލިބުމަކީ ގާނޫނުއަސާސީގެ 23 ވަނަ މާއްދާއިން ކޮންމެ މީހަކަށް ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެއް ކަމަށާއި، ގާނޫނުއަސާސީގައި ބަޔާންކުރާ އަސާސީ ހައްގުތަކަކީ އެއްވެސް ތަފާތު ކުރުމެއް ނެތި ކޮންމެ މީހަކަށް ލިބިގެންވާ ހައްގުތަަކެއްކަން ގާނޫނުއަސާސީގެ 17 ވަނަ މާއްދާއިން ބަޔާންކޮށްފައިވާ ކަމަށެވެ.
ފުނުގެ ހިދުމަތް ދޭ ކުންފުނިތަކަަށް ދައްކަންޖެހޭ ބިލުތައް ބަރާބަރަށް ދައްކަމުންދަނިކޮށް ގޭގެ ވެރިފަރާތުން އެދިގެން ކުންފުނީގެ ފަރާތުން މީޓަރު ތަޅު އެޅުވުމުގެ މައްސަލަތަކެއް ކޮމިޝަނަށް ހުށަހަަޅާފަައިވާ ކަމަށް އެޗްއާރުސީއެމުން ބުންޏެވެ.
އޭގެ އިތުރަށް ކޮމިޝަަނުން ބުނީ ކުންފުންޏަށް އެންގުމަކާ ނުލައި، ގޭގެ ވެރިފަރާތުން ފެން މީޓަރުގައި ތަޅު އަޅުވައި ފެން ބަންދުކުރާ މައްސަލަތަކެއްވެސް ކޮމިޝަނަށް ހުށަހެޅިފައިވާ ކަމަށެވެ.
އެ މައްސަލަތައް އެޗްއާރުސީއެމުން އަންނަނީ ބަލަމުންނެވެ. އެއިން ބައެއް މައްސަލަތަކުގައި ޝާމިލުވާ ފަރާތްތަކާ ކަމާ ގުޅުންހުރި އިދާރާތަކާ މަޝްވަރާކޮށްގެން ހައްލުތަކެއް ހޯދިފައިވާކަމަށްވެސް ކޮމިޝަނުން ބުނެ އެވެ.
އަދި ފެނުގެ ހިދުމަތް މެދުކަނޑައިލުމުން އެ ގެއެއްގައި ދިރިއުޅޭ ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުން ހިމެނޭހެން، ގޭގައި ދިރިއުޅޭ އެންމެނަށް އެކަމުގެ ނޭދެވޭ އަސަރު ކުރާކަން ފާހަގަކޮށް ކޮމިޝަނުންވަަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
"ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މެނުވީ، އެއްވެސް ހައްގެއް އެއްވެސް މިންވަރަކަށް ނުހިފަހެއްޓޭނެ ކަމުގައި ދަންނަވަން،" މިފަދަ އަސާސީ ހައްގުތައް ހިފަހެއްޓޭނީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ހަމަަތަަކުގެ ތެރެއިން ކަން ފާހަގަކޮށް ކޮމިޝަނުގެ ބަޔާނުގައި ބުނެފައިވެ އެވެ.
ދޭދޭ ފަރުދުންގެ މެދުގައި ޖެހޭ މައްސަލަތަކާއި، ފަރުދުންނާއި އިދާރާތަކުގެ މެދުގައި ޖެހޭ މައްސަލަތަކުގައި، އެކަމާ ގުޅުންހުރި އިދާރާތަކަށް މައްސަލަ ހުށަހަޅައިގެން ގާނޫނީ އިމުގެ ތެރެއިން ހައްލު ހޯދުމަށް ހުރިހާ އެންމެނަށް ކޮމިޝަނުން އިލްތިމާސް ކުރެ އެވެ.