ޑެންގޫ ގިނައީ ރާއްޖޭގެ މެދުއުތުރުގައި

ޑެންގޫގެ ކޭސްތައް އެންމެ ގިނައީ ނ. ރ. އަދި މ. އަތޮޅުގައެވެ.

އައިޖީއެމްއެޗް: މިދުވަސްވަރު ޑެންގޫ ހުން އަންނަނީ ފެތުރެމުން --

މިހާރު އެންމެ ގިނައިން ޑެންގޫ ހުންޖެހިގެން މާލެ ފޮނުވަނީ ރާއްޖޭގެ އުތުރުގެ އަތޮޅުތަކުން ކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޑޮކްޓަރު އަހްމަދު ފައިސަލް ވިދާޅުވެއްޖެ އެވެ.

މިދުވަސްވަރު ހުމާއި ރޯގާ ފެތުރުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އަދި ޑެންގޫގެ ކޭސްތައް ރިޕޯޓް ކުރެވޭ މިންވަރުވެސް އިތުރެވެ. ޑރ. ފައިސަލް މިއަދު ވިދާޅުވި ގޮތުގައި ޑެންގޫގެ ކޭސްތައް އެންމެ ގިނައީ ނ އަތޮޅާއި ރ އަދި މ. އަތޮޅުގައެވެ. މާލެއިން ވެސް ޑެންގޫ ކޭސްތައް ފެންނަމުން އަންނަ ކަމަށެވެ.

ހުން އަންނަ ނަމަ ޑޮކްޓަރަށް ދައްކަން ޖެހޭ ހާލަތްތައް ވެސް ފައިސަލް ތަފްސީލުކޮށް ދެއްވިއެވެ. އިތުރު އަލާމާތެއް ނެތަސް، ހުން އަންނަތާ ތިން ދުވަސް ވެއްޖެ ނަމަ އަވަހަށް ޑޮކްޓަރަށް ދެއްކުމަށް އޭނާ އިރުޝާދު ދެއްވައެވެ. އަދި ހޮޑުލައި، ވަރުބަލިވެ އިތުރު އަލާމާތްތައް ފެންނަ ނަމަ ތިން ދުވަސް ނުވިޔަސް ޑޮކްޓަރަށް ދައްކަން އެދިފައިވެއެވެ.

އެޗްޕީއޭގެ ފަހުގެ ތަފާސްހިސާބުތައް

އެޗްޕީއޭ އިން ފަހުން ތަފާސްހިސާބެއް ނެރެފައި ވަނީ މިދިޔަ މަހުގެ ކުރީ ކޮޅު އެވެ. އޭރު އެޗްޕީއޭ އިން ވަނީ ހުމާއި ރޯގާގެ އިތުރުން ގައިން ގަޔަށް އަރާ ބަލިތަކެއް ހަލުވި ކަމާއެކު ފެތުރޭތީ ސަމާލުވާން އަންގައިފަ އެވެ.

އެޗްޕީއޭއިން އޭރި ބުނީ މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރު ސެޕްޓެމްބަރާ ހަމައށް އަރިދަފުސް ރޯގާ ފެތުރުން އިތުރުވެ ކްލިނިކްތަކަށް ވެސް ބާރު ބޮޑުވެފައިވާ ކަމަށެވެ. އޭރު ހަ ބައްޔެއް ފެތުރެމުންދާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

  •  ހުމާއި ރޯގާ
  •  ފާނަބަސަންދު
  •  ހޭންޑް ފުޓް އެންޑް މައުތު
  •  ލޮލު ރޯގާ
  •  ބޭރަށް ހިންގުން
  •  ޑެންގީ

މިދުވަސްވަރު އަރިދަފުސް ރޯގާ އާއި ޑެންގޫ ޖެހުން އިތުރުވެފައިވާތީ އެކަމާ ގުޅޭ މައުލޫމާތު ހިއްސާކުރަން އެދުމުން އެޗްޕީއޭ އިން "މި" ނޫހަށް ބުނެފައި ވަނީ އެކަމާ ގުޅުންހުރި ރިޕޯޓް މާދަމާ އާންމު ކުރާނެ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.