އަރަފާތުން ޝަހީމު؛ ހައްޖުވެރިންގެ ހާލު ރަނގަޅު، އިންތިޒާމުތައް ފުރިހަމަ

އިސްލާމިކް ސަމިޓުގައި މިނިސްޓަރު ޑރ. ޝަހީމް -- ފޮޓޯ/ ރައީސް އޮފީސް

ދިވެހި ހުރިހާ ހައްޖުވެރިން މިހާރު ތިބީ އަރަފާތު ބިމުގައި ކަމަށާއި ހުރިހާ ހައްޖުވެރިންގެ ހާލުވެސް ރަނގަޅުކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ. 

އިސްލާމިކް މިނިސްޓްރީގެ މީޑިއާ ގުރޫޕަށް ޝަހީމު ފޮނުއްވި މެސެޖުގައި ވިދާޅުވީ އެއްވެސް ހައްޖުވެރިޔަކަށް ހާއްސަ ހާލަތެއް ނުވަތަ ސިއްހީ މައްސަލައެއް ކުރިމަތިވި ކަމުގެ ރިޕޯޓެއް ލިބިފައިނުވާ ކަމަށެވެ. 

"ރާއްޖޭގެ ހުރިހާ ހައްޖުވެރިންވެސް ތިބީ އަރަފާތުގެ މާތް ބިމުގައި. ވަކި ހައްޖުވެރިޔަކަށް ބަލި ހާލަތެއް ކަމެއް މެދުވެރިވެފައިވާ ކަމުގެ ހާއްސަ ހާލަތެއް އޮތްކަމަށް ރިޕޯޓެއް ލިބިފައި ނެތް،" މިނިސްޓަރު ވިދާޅުވިއެވެ. 

އިތުރަށް ޝަހީމު ވިދާޅުވީ އަރަފާތު ބިމުގައާއި، ހައްޖުގެ އެހެނިހެން މަޝާއިރުތައް އަދާކުރުމަށް ހައްޖު ކޯޕަރޭޝަނުން ވަރަށް ރަނގަޅު އިންތިޒާމުތަކެއް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ހައްޖު މިޝަނުން ހައްޖުވެރިންގެ ކަންކަން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. 

ސައުދީ އަރަބިއްޔާއިން ހައްޖުގެ ކަންކަން އިންތިޒާމުކޮށްފައިވަނީ އެހެން އަހަރުތަކަށްވުރެ ރަނގަޅަށް ފެންވަރު ރަނގަޅު ހިދުމަތްތަކާއެކުކަން ފާހަގަކުރައްވައި ޑރ.ޝަހީމުވަނީ ސައުދީ އަރަބިއްޔާގެ ރަސްގެފާނަށާއި ވަލީ އަހުދަށް ޝުކުރު އަދާކުރައްވާފަ އެވެ. 

މި އަހަރު ސައުދީން ރަސްމީކޮށް ރާއްޖެއަށް ދިނީ 1،000 ހައްޖު ކޯޓާއެވެ. އޭގެ އިތުރަށް 115 ކޯޓާ ފަހުން ސައުދީން ދިނެވެ. މި ހުރިހާ ކޯޓާއެއްގއި ހައްޖަށް ދިޔަ އެންމެންވެސް ގޮސްފައިވަނީ ހައްޖު ކޯޕަރޭޝަނުގެ ހަވާލުގަ އެވެ. 

ތިން ގުރޫޕަކަށް ބަހާލައިގެން ތިން ދުވަހެއްގެ މަތިން ދިވެހިރާއްޖޭގެ ހައްޖުވެރިން މައްކާއަށް ގެންގޮސް ނިންމާފައިވަނީ ޖޫން ހަތްވަނަ ދުވަހު އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.