ދީނީ އުސޫލުތަކާ އެއްގޮތަށް މާރަންދޫގައި އީދު ފާހަގަކުރަން އުޅުމުން ކައުންސިލުން ހުރަސް އަޅައިފި

ވަކިން އީދު ކުޅިވަރުތައް އިންތިޒާމްކޮށްގެން ނުހިންގޭނެ ކަމަށް ކައުންސިލުން އެ ޖަމިއްޔާއަށް އަންގާފައިވެ އެވެ. ހަރަކާތް ހިންގައިފިނަމަ ޖަމިއްޔާއަށް ފިޔަވަޅު އަޅާނެ ކަމަށް ކައުންސިލުން ސިޓީއަކުން އަންގާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މާދަ ޖަމިއްޔާއިން މީގެ ކުރިން ހިންގި ހަރަކާތެއްގެ ތެރެއިން: ކައުންސިލުން ވަނީ އެ ޖަމިއްޔާއަށް އީދު ފާހަގަކުރަން ހުރަސް އަޅާފައި --

ހއ. މާރަންދޫގައި ދީނީ މިންގަނޑުތަކާ އެއްގޮތަށް އީދު ކުޅިވަރު ކުޅެން ޖަމިއްޔާއަކުން މަސައްކަތް ކުރުމުން އެރަށު ކައުންސިލުން ހުރަސް އަޅައިފި އެވެ.

މާރަންދޫގައި އީދު ކުޅިވަރުތައް އިންތިޒާމް ކޮށްފައި ވަނީ އެރަށު ކައުންސިލް އިސްވެ އޮވެ އެވެ. ކުޅިވަރުތައް އިންތިޒާމް ކުރަނީ އެރަށުގެ މުއައްސަސާތަކާ ޖަމިއްޔާތައް ހިމެނޭ ކުޅިވަރު ކޮމެޓީއަކުންނެވެ. އެކޮމެޓީގައި އެ ޖަމިއްޔާ ވެސް ހިމެނެ އެވެ. ނަމަވެސް އެ ކުޅިވަރުތަކުގެ ތެރޭގައި ލަވަޔާއި މިއުޒިކާއި ސްޓޭޖް ޝޯތައް ފަދަ އިސްލާމީ އުސޫލުތަކާ ހިލާފު ކަންކަން ހިމެނުމުން އެ ކޮމެޓީގައި ހިމެނޭ މާރަންދޫ ދަންމަރު (މާދަ) ޖަމިއްޔާއިން ވަނީ އެކަމާ ދެކޮޅު ހަދާފަ އެވެ.

އެ ޖަމިއްޔާއިން ބޭނުންވީ ދީނީ މިންގަނޑުތަކާ އެއްގޮތަށް އެރަށުގައި ވަކިން އީދު ކުޅިވަރު ކުޅޭށެވެ. މިދިޔަ އަހަރު އެ ހުއްދައަށް އެދުމުން ކައުންސިލުން ހުއްދަ ދީފައެއް ނުވެ އެވެ. މާދަ ޖަމިއްޔާގެ ރައީސް، ޝެއިހް އަބްދުﷲ މުބާޝިރު އާދަމް ވިދާޅުވީ ކުޅިވަރުތައް ކުޅެން ވަކި ބިމެއް ބޭނުންނުވާތީ މިއަހަރު ކައުންސިލްގެ ހުއްދަ ނަގާފައި ނުވާނެ ކަމަށެވެ. ނަމަވެސް ޔޫތު އެސޯސިއޭޝަން ބޭނުންވާތީ އެތަނުން ހުއްދަ ދިން ނަމަވެސް، އެތަން ކައުންސިލުން ބޭނުންވާ ކަމަށް އަންގާ އެތަން ވެސް ނުދޭން ފަހުން ނިންމާފައިވާ ކަމަށެވެ.

މުބާޝިރު ވިދާޅުވީ ކައުންސިލުން ހުއްދަ ނުދޭން ނިންމި ސަބަބަކީ ކުޅިވަރު ކޮމެޓީގައި އެ ޖަމިއްޔާ ވެސް ބައިވެރިވުމެވެ. ވަކިން އީދު ކުޅިވަރުތައް އިންތިޒާމްކޮށްގެން ނުހިންގޭނެ ކަމަށް ކައުންސިލުން އެ ޖަމިއްޔާއަށް އަންގާފައިވެ އެވެ. ހަރަކާތް ހިންގައިފިނަމަ ޖަމިއްޔާއަށް ފިޔަވަޅު އަޅާނެ ކަމަށް ކައުންސިލުން ސިޓީއަކުން އަންގާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ވަކި ޖަމާއަތް ހަދައިގެން ރަށުގެ އިޖުތިމާއީ ރޫހު ގެއްލޭ ގޮތަށް މާރަންދޫގައި އީދު ފާހަގަކުރުމަށް ކައުންސިލުން ފުރުސަތު ނުދޭނެ ކަމަށާއި އަދި ކައުންސިލް އާއި ދެކޮޅަށް ނުކުމެ މި ހަރަކާތް ކުރިއަށް ގެންގޮސްފިނަމަ ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަން،" ކައުންސިލުން މާދަ ޖަމިއްޔާއަށް ފޮނުވި ސިޓީގައި ވެ އެވެ.

އޭނާ އިތުރަށް ފާހަގަކުރެއްވީ، ޑިމޮކްރެސީގެ މިޒަމާނުގައި ކޮންމެ މީހަކަށް ވެސް އެމީހެއްގެ އަމިއްލަ މިނިވަންކަން ގާނޫނުން ކަށަވަރު ކޮށްދޭ ކަމަށެވެ. އަދި، ވަކިން އީދު ހަރަކާތްތައް ނުހިންގޭނެ ކަމަށް ކުޅިވަރު ކޮމެޓީން ޝަރުތުކޮށްފައި ވެސް ނުވާ ކަމަށެވެ.

"އަޅުގަނޑުމެންގެ މައިގަނޑު މައްސަލައަކަށްވީ، ތަފާތު ޖަމިއްޔާތަކުން އީދު ނޫނަސް އަދި އީދުގައި ވެސް ތަފާތު ހަރަކާތްތައް ހިންގާ، މާލޭގަ ވެސް އަދި އެހެން ރަށްރަށުގަ ވެސް. އެކަންކަން މަނަލެއް ނުކުރޭ. މީ ގާނޫނީ ގޮތުން ވެސް ހުރަސް އެޅޭނެ ކަމެއް ނޫން. އެމީހުން އެކި ކުޅިވަރުތައް ކުޅޭއިރު އަޅުގަނޑުމެން ވެސް ހުރަސް އަޅައި ކަންކަން ނުކުރަން،" މުބާޝިރު ވިދާޅުވި އެވެ.

މި މައްސަލައިގައި އެ ޖަމިއްޔާ އިން ވަނީ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ވެސް ސިޓީ ފޮނުވާފަ އެވެ. ނަމަވެސް އެލްޖީއޭ އިން ވަކި ޖަވާބެއް ދީފައެއް ނުވެ އެވެ.

މާދަ ޖަމިއްޔާ އިން ވަނީ ގިނަ ކުޅިވަރުތަކެއް އީދުގައި އިންތިޒާމްކޮށްފަ އެވެ. އެގޮތުން، 18 އަހަރުން ދަށުގެ ކުޑަކުދިންނަށް ހާއްސަ އިނާމުތަކަކާއެކު ފުޓުބޯޅަ، ބައިބަލާ އަދި ކެރަމް ފަދަ ކުޅިވަރުތައް އިންތިޒާމްކޮށްފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.