އާންމުންނަށް އުނދަގޫވާގޮތަށް ޕާކުކޮށްފައި ހުރި 163 އުޅަނދު ޓޯކޮށްފި

އާންމު ދަތުރުފަތުރާއި މަގުތަކަށް އުނދަގޫވާ ގޮތަށް 163 ވެހިކަލެއް ޓޯކޮށްފައިވަނީ ބުރާސްފަތި އަދި ހުކުރު ދުވަހުން އެކަންޏެވެ.

އަމީނީ މަގުގައި ކާރުތަކެއް ޕާކުކޮށްފައި

މަގުތަކާއި އާންމު ދަތުފަތުރަށް އުނދަގޫވާ ގޮތަށް މާލޭގެ މަގުތަކުގައި ޕާކުކޮށްފައި ހުރި 163 އުޅަނދެއް ފުލުހުން ނަގައިފި އެވެ. 

ފުލުހުން ބުނީ ބުރާސްފަތި އަދި ހުކުރު ދުވަހު އެކަނި މާލޭގެ އެކި ސަރަހައްދުތަކުން ގިނަ އަދަދަކަށް އުޅަނދު ޓޯކޮށްގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ. މި ހުރިހާ އުޅަނދަކީ ވެސް އާންމު ދަތުރުފަތުރަށް އުނދަގޫވާ ގޮތަށް ޕާކުކޮށްފައި ހުރެގެން ޓޯކުރި ތަކެތިކަމަށް ފުލުހުން ބުނެ އެވެ. 

އެގޮތުން ބޮޑުތަކުރުފާނު މަގު، ކަޅުތުއްކަލާ ކޮއްޓާ ހިސާބުން ފެށިގެން މާލޭ ފަތާ ޓްރެކާ ހަމައަށް މަގުގެ ދެކައިރި ހުސްކޮށް 84 އުޅަނދެއް ފުލުހުން ޓޯކުރި އެވެ.

 އަދި އަމީނީ މަގުގެ، ދަރުބާރުގެއިން ފެށިގެން އައިޖީއެމްއެޗްއާ ހަމައަށް، އަދި ސެނެހިޔާއިން ފެށިގެން މާގިރި ހޮޓެލާ ދެމެދުގައި މިގޮތަށް ޕާކުކޮށްފައި ހުރި އުޅަނދުތައް ވެސް ފުލުހުން ނެގި އެވެ. އިއްޒުއްދީން މަގުން ޓޯކުރި ރަޖިސްޓްރީ ނެތް އުޅަނދަކާ އެކު 79 އުޅަނދެއް މި ސަރަހައްދުތަކުން ފުލުހުން ނެގި އެވެ.

އެއްގަމު އުޅަނދުތަކުގައި ސްޓިކާ ޖެހުން ހުއްޓާލުމާ އެކު، މަގުތަކުގައި ގަވައިދާ ހިލާފަށް ޕާކުކުރުން އަނެއްކާވެސް އޮތީ ބޮއްސުންލައިގެން ގޮސްފަ އެވެ. ޕާކު ކުރާ އިރު، އާންމު ދަތުރުފަތުރަާއި ހިނގާ މީހުންނަށް އުނދަގޫ ނުވާނޭހެން ވެހިކަލްތައް ބެހެއްޓުމަށް ފުލުހުން އަބަދުވެސް އިލްތިމާސްކުރެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.