ބަންދުގައި މޯލްޑިވިއަނުން ދަތުރުކުރާ ގިނަ މަންޒިލްތަކުގެ ޓިކެޓު އަގުހެޔޮކޮށްފި

ހާއްސަ އަގުގައި ޓިކެޓު ލިބޭނީ މިމަހުގެ 17 އިން ފެށިގެން 24ގެ ނިޔަލަށެވެ.

ގައުމީ އެއާލައިން -- މޯލްޑިވިއަންގެ ފްލައިޓެއް

އީދު ބަންދުގައި މޯލްޑިވިއަނުން ދަތުރުކުރާ ގިނަ މަންޒިލްތަކެއްގެ ޓިކެޓު އަގު ހެޔޮކޮށްފި އެވެ. 

މޯލްޑިވިއަނުން ބުނީ އަލްހާ އީދާ ދިމާކޮށް މިފަދަ ޕްރޮމޯޝަނެއް ފެށީ، އެ އެއާލައިން މެދުވެރިކޮށް ދަތުރުކުރާ މީހުންނަށް ފަސޭހަކަމާ އެކު ރަށްރަށަށް ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ކަމަށެވެ. 

މޯލްޑިވިއަނުން ފެށި ޕްރޮމޯޝަންގެ ދަށުން ޓިކެޓު ލިބޭނެ އަގުތައް

  •  ބ. ދަރަވަންދޫ - 749ރ
  •  ގަން - 1،222ރ
  •  ފުވައްމުލައް - 1،155ރ
  •  ކުޅުދުއްފުށި - 1،111ރ
  •  ހަނިމާދޫ - 1،111ރ
  •  ތިމަރަފުށި - 1،111ރ
  •  ކޫއްޑޫ - 1،111ރ

މި ފެއާ ރޭޓުތައް ލިބޭނީ ލިމިޓެޑު އަދަދަކަށެވެ. އެހެންވެ، ވީހާ ވެސް އަވަހަށް ޓިކެޓް ބުކިން ހަމަޖެއްސުމަށް މޯލްޑިވިއަން އިން އެދެ އެވެ.

އީދާ ދިމާކޮށް ދަތުރުތައް ބާރުބޮޑުވުމުން މޯލްޑިވިއަނުން ވަނީ 100 ފްލައިޓެއް އިތުރުކޮށްފަ އެވެ. 

މި އީދު ބަންދާ އެކު، އިއްުޔެއިން ފެށިގެން ރާއްޖޭގެ އެކި މަންޒިލްތަކަށް ކަނޑުމަގުން އަދި ވައިގެ މަގުން ދަތުރުކުރާ މީހުން ވަރަށް ގިނަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.