މިދުވަސްތަކު އައިޖީއެމްއެޗްގައި ދެމުންދާނީ އައިޕީޑީ އާއި އިމަޖެންސީ ފަރުވާތައް އެކަންޏެވެ. ބަންދު ދުވަސްތަކުގައި ވެސް ސްޕެޝަލް އޯޕީޑީއާ އެކު ކްލިނިކަލް އެހެން ފަރުވާތައް ބަންދު ވާނެ އެވެ.
މި ފެށޭ އަޟްޙާ އީދު ބަންދުގައި ހަތަރު ދުވަހަށް އައިޖީއެމްއެޗްގެ ހާއްސަ ޑޮކްޓަރުންނަށް ދެއްކުމުގެ ހިދުމަތް މެދުކަނޑާލުމަށް ނިންމައިފި އެވެ.
ހައްޖު ދުވަހުގެ މުނާސަބަތުގައި މިއަދު ވެސް އައިޖީއެމްއެޗްގެ ސްޕެޝަލް އޯޕީޑީ އާއި އެހެނިހެން ކްލިނިކަލް ހިދުމަތްތައް ބަންދުވާނެ އެވެ. އޭގެ އިތުރުން އީދުގެ ފުރަތަމަ ދުވަސް -- މާދަމާ އާއި، އީދުގެ މުނާއްސަބަތުގައި ހަފްތާގެ ބުދަ އަދި ބުރާސްފަތި ދުވަހު ވެސް އައިޖީއެމްގެ މި ހިދުމަތްތައް ބަންދުވާނެ އެވެ.
ބަންދު ދުވަސްތަކުގައި އައިޖީއެމްއެޗްގެ އައިޕީޑީ އަދި، އިމަޖެންސީ ހިދުމަތްތައް ލިބޭނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
އީދަށް ސަރުކާރު ބަންދު ދުވަހުގެ ގޮތުގައި މުޅި ހަފްތާ ކަނޑައަޅާފައިވާއިރު، ދެން ރަސްމީކޮށް ހުރިހާތަނެއްގެ ހިދުމަތްތައް ފަށާނީ ޖެހިގެން އަންނަ ހަފުތާގެ އާދީއްތަ ދުވަހު އެވެ.