އަމިއްލަ ކުންފުންޏަށް 5 މިލިއަން ރުފިޔާ ދައްކަން ފެނަކައަށް އަމުރުކޮށްފި

ސިވިލް ކޯޓުގެ އަމުރުގައި ބުނެފައިވަނީ އަންނަ ޖުލައި މަހުގެ 30 ވަނަ ދުވަހުގެ ކުރިން އެ ފައިސާ ސިވިލް ކޯޓަށް ދައްކައި ހަލާސްކުރުމަށް ފެނަަކައިގެ މައްޗަށް އަމުރުކުރާ ކަމަށެވެ.

ފެނަކަ މިހާރުގެ އެމްޑީ މުއާޒު އަދި ކުރީގެ އެމްޑީ ސައީދު

ފެނަކައިން އަމިއްލަ ކުންފުންޏަކަށް ދައްކަންޖެހޭ ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާ އެ ކުންފުންޏަށް ދެއްކުމަށް ސިވިލް ކޯޓުން އަމުރުކޮށްފި އެވެ. 

މި މަހުގެ 13 ވަނަ ދުވަހު ސިވިލް ކޯޓުން ނެރުނު މި އަމުރަކީ އިނޮވިކްސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކުން އެ ކޯޓަށް ހުށަހެޅި މައްސަލައެއްގަައި ނެރުނު އަމުރެކެވެ. އެ ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކީ މަސައްކަތްކުރުވުމަށްފަހު އެ ކުންފުންޏަށް ދައްކަންޖެހޭ ފައިސާތަކެއް ފެނަކައިން ނުދައްކައި ހުރުމުން އެ ފައިސާއާއި، ގެއްލުމުގެ ބަދަލާއި ގާނޫނީ ވަކީލުންނަށް ކުރަންޖެހުނު ހަރަދު ހޯދުމަށް ދައުވާކުރި މައްސަލައެކެވެ. 

ސިވިލް ކޯޓާށް އިނޮވިކްސްއިން ހުށަހެޅި ދައުވާގައި ބުނެފައިވަނީ ފެނަކައިން އެ ކުންފުންޏަށް ދައްކަންޖެހޭ 5،183،684/84 ރ. (ފަސް މިލިއަން އެއްލައްކަ އަށްޑިހަ ތިންހާސް ހަސަތޭކަ އަށްޑިހަ ހަތަރު ރުފިޔާ އަށްޑިހަ ލާރި) އެ ކުންފުންޏަށް ނުދައްކއި އެބަ އޮތް ކަމަށެވެ. 

އެ މައްސަލާގައި ފެނަކައިންވަނީ ދައުވާގެ އެއް ބަޔަށް އެއްބަސްވެ އެ ކުންފުނިން އިނޮވިކްސްއަށް ދައްކަންޖެހޭ ފައިސާތަކެއް ހުރި ކަމަށް ބުނެފަ އެވެ. ނަމަވެސް އެ ކުންފުނިން ބުނެފައިވަނީ އިނޮވިކްސްއިން ފޯރުކޯށްދިން ހިދުމަތަށް ދައްކަންޖެހޭ ފައިސާއިން ނުދައްކައި ހުރި މިންވަރަކީ 5،167،072/85 ރ. ( ފަސް މިލިއަން އެއްލައްކަ ފަސްދޮޅަސް ހަތްހާސް ހަތްދިހަ ދެ ރުފިޔާ އަށްޑިހަ ފަސް ލާރި) ކަމަށެވެ. 

ފެނަކައިންވަނީ އެ ކުންފުނިން އިނޮވިކްސްއަށް ނުދައްކައި ހުރި ފައިސާ ދެއްކުމަށް އެއްބަސްވާކަމަށް ބުނެ ފޯމު ހުށަހަޅާފައެވެ. އެ ހުުށަހެޅުމާ ގުޅިގެން ކޯޓުންވަނީ ފެނަކައިން ދައްކަން އެއްބަސްވި އަދަދަށް ފައިސާ ދެއްލުމަށް އަމުރުކޮށްފަ އެވެ. 

ސިވިލް ކޯޓުގެ އަމުރުގައި ބުނެފައިވަނީ އަންނަ ޖުލައި މަހުގެ 30 ވަނަ ދުވަހުގެ ކުރިން އެ ފައިސާ ސިވިލް ކޯޓަށް ދައްކައި ހަލާސްކުރުމަށް ފެނަަކައިގެ މައްޗަށް އަމުރުކުރާ ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.