ސަރުކާރުގެ ރިކަރަންޓު ހަރަދުތައް ނިމުނު އަހަރަށްވުރެ 5 އިންސައްތަ އިތުރުވެއްޖެ

މި އަހަރުގެ ޖަނަވަރީ އެއްވަނަ ދުވަހުން ޖޫން މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ރިކަރަންޓު ހަރަދުގެ ގޮތުގައި ހޭދަކޮށްފައިވަނީ 14.1 ބިލިއަން ރުފިޔާ އެވެ. ފާއިތުވި އަހަރުގެ އެ މުއްދަތުގައި ހަރަދުކުރީ 13.5 ބިލިއަން ރުފިޔާ އެވެ.

ފިނޭންސް މިނިސްޓްރީ ހިންގާ އިމާރާތް: ހަރަދު ކުޑަ ކުރަން ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައި

ފާއިތުވި އަހަރާ އަޅާބަލާއިރު މި އަހަރު ސަރުކާރުގެ ރިކަރަންޓު ހަރަދުތައް 4.6 އިންސައްތައިން އިތުރުވެފައިވާކަން ހާމަވެއްޖެ އެވެ. 

ފިނޭންސް މިނިސްޓްރީން ހަފުތާއަކު އެއްފަހަރު އާންމުކުރާ ދައުލަތުގެ ހަރަދުތަކާއި އާމްދަނީގެ ހިސާބުތަކަށް ބަލާއިރު މި އަހަރުގެ ޖަނަވަރީ އެއްވަނަ ދުވަހުން ޖޫން މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ރިކަރަންޓު ހަރަދުގެ ގޮތުގައި ހޭދަކޮށްފައިވަނީ 14.1 ބިލިއަން ރުފިޔާ އެވެ. ފާއިތުވި އަހަރުގެ އެ މުއްދަތުގައި ހަރަދުކުރީ 13.5 ބިލިއަން ރުފިޔާ އެވެ. 

އެހެންކަމުން ފާއިތުވި އަހަރުގެ އެ މުއްދަތުގައި ރިކަރަންޓު ހަރަދުތަކަށް ހޭދަކުރި މިންވަރަށްވުރެ މި އަހަރު ރިކަރަންޓު ހަރަދުތަކަށް ހޭދަކުރި މިންވަރު 4.5 އިންސައްތަ އިތުރެވެ. އެއީ ނިމުނު އަހަރަށްވުރެ ގާތްގަނޑަކަށް 627 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. 

ރިކަރަންޓު ހަރަދުތައް ބެހިފައިވާ ގޮތަށް ބަލާއިރު އެންމެ ބޮޑަށް އިތުރުވެފައިވަނީ މުސާރައާއި އިނާޔަތްތަކަށް ކުރި ހަރަދެވެ. މި އަހަރުގެ ޖޫން ހަވަނަ ދުވަހުގެ ނިޔަލަށް މުސާރައާއި އިނާޔަތްތަކާއި ޕެންޝަނަށް ހަރަދުކުރީ 5.5 ބިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ހަރަދުކުރީ 4.9 ބިލިއަން ރުފިޔާ އެވެ. 

މުސާރައާއި އިނާޔަތްތަކަށް ކުރި ހަރަދުގެ ތަފުސީލު

  •  މުސާރަ ދިނުމަށް 2.4 ބިލިއަން ރުފިޔާ
  •  މުވައްޒަފުންގެ އިނާޔަތްތަކަށް 2.2 ބިލިއަން ރުފިޔާ
  •  ޕެންޝަނަށް 831 މިލިއަން ރުފިޔާ

މި ހިސާބުތަކަށް ބަލާއިރު މުސާރައާއި އިނާޔަތްތަކާއި ޕެންޝަނަށް ކުރި ހަރަދު ފާއިތުވި އަހަރާ އަޅާބަލާއިރު 12.2 އިންސައްތައިން އިތުރުވެފައިވެ އެވެ. އެއީ ގާތްގަނޑަކަށް 552 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

މުސާރައާއި އިނާޔަތްތަކަށް ކުރި ހަރަދުގެ އިތުރަށް ހިންގުމުގެ ހަރަދުތައްވެސް ފާއިތުވި އަހަރަށްވުރެ އިތުރުވެފައިވެ އެވެ. އެގޮތުން މި އަހަރު 8.5 ބިލިއަން ރުފިޔާ ހިންގުމުގެ ހަރަދުތަކަށް ހޭދަވިއިރު ފާއިތުވި އަހަރުގެ އެ މުއްދަތުގައި ހޭދަވީ 8.3 ބިލިއަން ރުފިޔާ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.