ޓެކުހުގެ އާމްދަނީ މިިދިޔަ އަހަރަށްވުރެ އެއް ބިލިއަން އިތުރު

މިހާތަނަށް ޓެކުހުގެ ގޮތުގައި 12 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް މިއަދަދު މިދިޔަ އަހަރު ހުރީ 11 ބިލިއަން ރުފިޔާގަ އެވެ.

މާލެއަށް ފޭބި ޓޫރިސްޓުންތަކެއް : އާމްދަނީ އިތުރުވީ ޓެކުހުގެ އާމްދަނީގެ ބައިން

ޓެކުހުގެ ގޮތުގައި މި އަހަރުގެ މިހާތަނަށް ލިބުނު އާމްދަނީ މިދިޔަ އަހަރަށްވުރެ އެއް ބިލިއަން ރުފިޔާ އިތުރު ވެއްޖެ އެވެ. 

ފިނޭންސުގެ ހަފުތާ މާލީ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު ޓެކުހުގެ ގޮތުގައި ލިބިފައިވަނީ 11,2 ބިލިއަން ރުފިޔާ އެވެ. ނަމަވެސް މި އަހަރު މި އަދަދުހުރީ 12,4 ބިލިއަން ރުފިޔާގަ އެވެ. މިއީ ގާތްގަނޑަކަށް ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. 

ޓެކުހުގެ އާމްދަނީ މަތިވި ދާއިރާތައް

  • އާއްމު ގްރީން ޓެކްސް - މި އަހަރު 2,1 ބިލިއަން | މިދިޔަ އަހަރު 1,9 ބިލިއަން
  • ޓޫރިޒަމް ޖީއެސްޓީ - މި އަހަރު 5 ބިލިއަން | މިދިޔަ އަހަރު 4,5 ބިލިއަން
  • ބީޕީޓީ - މި އަހަރު ތިން ބިލިއަން | މިދިޔަ އަހަރު 2.2 ބިލިއަން
  • ގްރީން ޓެކްސް - މި އަހަރު 510.1 މިލިއަން | މިދިޔަ އަހަރު 479.3 މިލިއަން
  • ފުރާމީހުންގެ ޓެކްސް / އެއާޕޯޓް ސާވިސް ޗާޖު - މި އަހަރު 507.7 މިލިއަން | މިދިޔަ އަހަރު 464.6 މިލިއަން

ފިނޭންސުގެ ހިސާބުތައް ދައްކާ ގޮތުގައި ޖެނެރަލް ޖީއެސްޓީގެ ގޮތުގައި މި އަހަރުގެ މިހާތަނަށް 2.1 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. ނަމަވެސް މިދިޔަ އަހަރު މި ޓެކުހަށް ލިބިފައިވަނީ 1.9 ބިލިއަން ރުފިޔާ އެވެ. އަދި ޓޫރިޒަމް ޖީއެސްޓީގެ ގޮތުގައި ފަސް ބިލިއަން ރުފިޔާ ލިބުނުއިރު މިދިޔަ އަހަރު 4.5 ބިލިއަން ރުފިޔާ ވަނީ ދައުލަތަށް ލިބިފަ އެވެ. މިއީ ޓެކުހުގެ ބައިން އެންމެ ބޮޑު ކުރިއެރުމެއް ލިބުނު ދާއިރާ އެވެ. 

މި އަހަރުގެ މިހާތަނަށް ދައުލަތަށް ޖުމްލަ 15,4 ބިލިއަން ރުފިޔާ އާމްދަނީ އަށް ލިބިފައިވެ އެވެ. ހިލޭ އެހީއާ އެއްކޮށް މި އަދަދު މިދިޔަ އަހަރު އުޅެނީ 15 ބިލިއަން ރުފިޔާގަ އެވެ. އާމްދަނީގެ ބައިން ޓެކްސް ނޫން ބައިތަކުން ލިބުނު އާމްދަނީ ވަނީ ދަށްވެފަ އެވެ. މި އަހަރު ޓެކްސް ނޫން އާމްދަނީ 2.7 ބިލިއަން ރުފިޔާގައި ހުރިއިރު މިދިޔަ އަހަރު މި އަދަދު ހުރީ 3.1 ބިލިއަން ރުފިޔާގަ އެވެ. އަދި ހިލޭ އެހީގެ ގޮތުގައި މި އަހަރު 156.5 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. ނަމަވެސް މިދިޔަ އަހަރު ލިބުނީ 79.4 މިލިއަން ރުފިޔާ އެވެ. 

ބަޖެޓް 2024 - މި އަހަރަށް ފާސް ކުރި ބަޖެޓުގެ ޖުމްލަ ހަރަދަކީ 49.8 ބިލިއަން ރުފިޔާ އެވެ. ޖުމްލަ ހިލޭ އެހީ އާއި އާމްދަނީއަކީ 33.5 ބިލިއަން ރުފިޔާ އެވެ. އަދި ބަޖެޓް ޑެފިސިޓް ހުންނާނެ ކަމަށް އަންދާޒާކޮށްފައިވަނީ 13.8 ބިލިއަން ރުފިޔާގަ އެވެ. ދަރަންޏަށް ނަގަން ޖެހޭނެ ކަމަށް އަންދާޒާ ކޮށްފައިވަނީ 17.2 ބިލިއަން ރުފިޔާ އެވެ. ބޭރުގެ ފަރާތްތަކުން ބަޖެޓް ސަޕޯޓަށް ހޯދަން ޖެހޭނެ މިންވަރަކީ 6.9 ބިލިއަން ރުފިޔާ އެވެ. މި އަހަރު ގްރީން ނުވަތަ ބްލޫ ބޮންޑެއް ބޭރަށް ވިއްކައިގެން 771 މިލިއަން ރުފިޔާ ހޯދަން ބަޖެޓު ކުރި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.