ހުރިހާ ދިވެހި ހައްޖުވެރިން އަރަފާތަށް ގޮސްފި

މިނާގައި ރޭ ކުރުމަށްފަހު ރޭގެ ވަގުތެއްގައި ދިވެހި ހައްޖުވެރިން އަރަފާތު ބިމަށް ދަތުރުކުރަން ފެށީ 24 ބަހުގައި ކަމަށް ދިވެހި ހައްޖު މިޝަނުން ބުނެފައިވެ އެވެ.

ދިވެހި ހައްޖުވެރިން އަރަފާތު ބިމަށް ޖަމާވަނީ، ފޮޓޯ: ހައްޖު މިޝަން

މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސައުދީއަށް ދިޔަ ދިވެހި ހުރިހާ ހައްޖުވެރިން އަރަފާތު ބިމަށް ވާސިލުވެއްޖެ އެވެ. 

މިނާގައި ރޭ ކުރުމަށްފަހު ރޭގެ ވަގުތެއްގައި ދިވެހި ހައްޖުވެރިން އަރަފާތު ބިމަށް ދަތުރުކުރަން ފެށީ 24 ބަހުގައި ކަމަށް ދިވެހި ހައްޖު މިޝަނުން ބުނެފައިވެ އެވެ. ހައްޖުގެ އެންމެ މުހިއްމު ރުކުންކަމަށްވާ އަރަފާތު ބިމުގައި ތިބުމުގެ ރުކުން އަދާކުރުމަށް ހައްޖުވެރިން ކުރި ދަތުރު ފުރިހަމަކޮށް މިހާރު ހުރިހާ ހައްޖުވެރިން ތިބީ އަރަފާތުގައި ކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެފައިވެ އެވެ. 

މިފަހަރު ހައްޖުގެ އަޅުކަމަށް ރާއްޖެއިން ގޮސްފައިވަނީ 1،115 މީހުންނެވެ. ސައުދީން ރަސްމީކޮށް ރާއްޖެއަށް މި ފަހަރު ހަމަޖައްސައިދިން 1،000 ކޯޓާގެ އިތުރަށް ފަހުން 115 ކޯޓާ ދީފައިވެ އެވެ.

މިފަހަރު ރާއްޖެއިން ހައްޖަށް ދިޔަ އެންމެންވެސް ދިޔައީ ހައްޖު ކޯޕަރޭޝަނުގެ ހަވާލުގަ އެވެ. ސައުދީން ރާއްޖެއަށް ހަމަޖެއްސި ހުރިހާ ކޯޓާއެއް މިފަހަރު ދިނީ ހައްޖު ކޯޕަރޭޝަނަށެވެ. ހައްޖުވެރިންގެ ތެރެއިން 50 މީހުންނަކީ ސަރުކާރުގެ ހަރަދުގައި ހައްޖަށް ދިޔަ ނިކަމެތިންނެވެ. 

ހައްޖު ދުވަހު އަރަފާތުގައި ހޫނުމިން ހުންނާނެކަމަށް ލަފާކުރެވެނީ 40 ޑިގުރީ ސެލްސިއަސްއަށްވުރެ މަތީގަ އެވެ. އެހެންކަމުން ހައްޖުވެރިން އެކަމަށް ސަމާލުވެ ގިނަގިނައިން ފެން ބުއިމަށާއި، ހޫނުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް ހައްޖު މިޝަނުން އިލްތިމާސްކޮށްފައިވެ އެވެ. 

ކޮމެންޓް

1
450
އެކަޑަމީ
3 months ago

ގޮސްފިއެއްނޫން ހިނގައްޖެ.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.