ކިނބިދޫ ނެރު ފަސްގަނޑަށް ލޯންޗެއް އަރާ ދެ މީހަކަށް އަނިޔާވެއްޖެ

އޭރު ލޯންޗު ގައި ތިބީ ތިން މީހުންނެވެ. އޭގެ ތެރެއިން ދެ މީހަކަށް ވަނީ އަނިޔާވެފަ އެވެ. ފުލުހުން ބުނި ގޮތުގައި އެ މީހުންނަށް ބޮޑު އަނިޔާއެއް ނުލިބެ އެވެ. ލިބުނީ ކުދި އަނިޔާތަކެކެވެ.

ކިނބިދޫ ނެރު ފަސްގަނޑަށް ލޯންޗެއް އަރާ އެކްސިޑެންޓްވުން

ތ. ކިނބިދޫ ނެރު ފަސްގަނޑަށް ލޯންޗެއް އަރާ ދެ މީހަކަށް އަނިޔާވެއްޖެ އެވެ.

މި ހާދިސާ ހިނގީ މިއަދު ހަވީރު އެވެ. 

ފުލުހުން ބުނީ ކިނބިދޫ ނެރު ފަސްގަނޑަށް ލޯންޗެއް އަރާ އެކްސިޑެންޓްވީ މައްސަލަ ފުލުހަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. ފަސްގަނޑު މައްޗަށް އަރާފައި ވަނީ "ވެލިމާ" ނަމަކަށް ކިޔާ ލޯންޗެކެވެ.

ކިނބިދޫ ނެރު ފަސްގަނޑަށް ލޯންޗެއް އަރާ އެކްސިޑެންޓްވުން

އޭރު ލޯންޗު ގައި ތިބީ ތިން މީހުންނެވެ. އޭގެ ތެރެއިން ދެ މީހަކަށް ވަނީ އަނިޔާވެފަ އެވެ.

ފުލުހުން ބުނި ގޮތުގައި އެ މީހުންނަށް ބޮޑު އަނިޔާއެއް ނުލިބެ އެވެ. ލިބުނީ ކުދި އަނިޔާތަކެކެވެ.

އެ މައްސަލަ ފުލުހުން ބަލަމުންދާ ކަމަށް ވެސް ބުންޏެވެ.

ލޯންޗު، ކިނބިދޫ ނެރު ފަސްގަނޑަށް އަރާފައިވާ މަންޒަރު ފެންނަ ފޮޓޯތައް ވެސް ވަނީ އާންމުވެފަ އެވެ. އެ ފޮޓޯތައް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވަނީ ވައިރަލް ވެފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.