މޭ މަހު ޒަކާތު ފަންޑުން ބަލިމީހުންނަށް 1.3 މިލިއަން ރުފިޔާ ދޫކުރި

ޒަކާތު ފަންޑުން މޭ މަހު ދޫކޮށްފައިވާ ފައިސާގެ އަދަދު 1.3 މިލިއަން ރުފިޔާއަށް އަރާއިރު މި ފައިސާ ދޫކޮށްފައިވަނީ 180 ބަލިމީހަކަށެވެ.

ޒަކާތް ބަލައިގަންނަނީ: ޒަކާތު ހައުސްއިން އަންނަނީ ކޮންމެ މަހަކުވެސް ގިނަ އަދަދެއްގެ ފައިސާ ފަގީރުންނަށް ދޫކުރަމުން

ފާއިތުވި މޭ މަހުގެ ނިޔަލަށް ޒަކާތު ފަންޑުން 180 ބަލިމީހަކަށް ބޭސްފަރުވާކުރަން 1.3 މިލިއަން ރުފިޔާ ދޫކޮށްފި އެވެ. 

ޒަކާތު ފަންޑުން އާންމުކޮށްފައިވާ މޭ މަހުގެ ހިސާބުތަކަށް ބަލާއިރު އެ ފަންޑުން ބޭސްފަރުވާ ބޭނުންވާ މީހުންނަށް ދޫކުރި ފައިސާގެ ތެރެއިން އެންމެ ބޮޑު އަދަދެއް ދޫކުރީ ކެންސަރު ބައްޔަށް ފަރުވާ ހޯދާ މީހުންނަށެވެ. 

އެގޮތުން މޭ މަހު ކެންސަރަށް ފަރުވާ ހޯދަމުންދާ މީހުންނަށް އެހީވުމަށް 454،574 ރުފިޔާ ޒަކާތު ފަންޑުން ދޫކޮށްފައިވެ އެވެ. 

ދެން އެންމެ ގިނައިން ޒަކާތު ފަންޑުން އެހީތެރިކަން ފޯރުކޮށްދީފައިވަނީ ކިޑްނީގެ އެކި ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންނަށެވެ. ކިޑްނީ ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް އެހީތެރިވުމަށް 89،050 ރުފިޔާ އެ ފަންޑުން ދޫކޮށްފައިވެ އެވެ. 

ސިކުނޑީގެ އޮޕަރޭޝަން ކުރަންޖެހޭ ފަރާތްތަކަށް އެހީތެރިވުމަށް ޒަކާތު ފަންޑުން 72،088 ރުފިޔާ އަދި ހިތުގެ އޮޕަރޭޝަންތައް ހަދަންޖެހޭ މީހުންނަށް އެހީވުމަށް 67،848 ރުފިޔާ ޒަކާތު ފަންޑުންވަނީ ހަރަދުކޮށްފައެވެ. އެހެނިހެން ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް އެހީވާން 619،113 ރުފިޔާ ދޫކޮށްފައިވެ އެވެ. 

ޒަކާތުގެ ކަންކަން މެނޭޖުކުރުމަށް ވަކި ހާއްސަ އިދާރާއެއްގެ ގޮތުގައި ޒަކާތު ހައުސް ގާއިމުކޮށް، އެ އިދާރާ ހިންގުމުގެ އުސޫލުތައް އެކަަށައަޅައި ޒަކާތުގެ ޒަމާނީ ނިޒާމެއް ރާއްޖޭގައި ގާއިމުކުރީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުންނެވެ. 

އަދި ސަރުކާރުން މިހާރު އިއުލާނުކޮށްފައިވާ ފަސް އަހަރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ޝާމިލު ޒަކާތުގެ ބިލެއް މަޖިލީހަށް ހުށަހެޅުމަށް ހިމަނާފައިވެ އެވެ. ޒަކާތުގެ ނިޒާމު ހަރުދަނާކޮށް، ޒަކާތުން ފަގީރުންނަށް ލިބޭ އެހީތެރިކަން އިތުރުކުރުމަކީ ރައީސްގެ ވައުދުފުޅެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.