ރޭ ފަތިހު ފަޅާލާފައި ވަނީ އެ ސިޓީގައި ހުންނަ އިލާ އަލީ އާދަމް ކްލިނިކެވެ.
ރޭ ފަތިހު ފަޅާލާފައި ވަނީ އެ ސިޓީގައި ހުންނަ އިލާ އަލީ އާދަމް ކްލިނިކެވެ.
އެ ކްލިނިކް ހިންގާ ފަރާތުން ބުނީ ކުޑަދޮރު ހަލާކުކޮށްލައިގެން ވަދެ ކްލިނިކުން ބައެއް ތަކެތި ވަގަށް ގެންގޮސްފައިވާ ކަމަށެވެ. އެގޮތުން މޯބައިލް ދެ ފޯނާއި ބްލަޑް ޕްރެޝަރު މެޝިނަކާއި ދެ ޔޫޕީއެސް ވަގަށް ގެންގޮސްފައިވެ އެވެ.
މި ކްލިނިކަކީ އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑރ މުހައްމަދު އަލީ ބައްލަވާ ކްލިނިކެއް ކަމުން ކޮންމެ ހަފްތާ ބަންދެއްގައި ގިނަ ބަޔަކު ހިދުމަތް ހޯދާ ތަނެކެވެ.
ފުލުހުން ބުނީ ކްލިނިކުން ވައްކަން ކުރި މައްސަލަ ބަލަމުންދާ ކަމަަށެވެ. މީހަކު ހައްޔަރު ނުކުރާ ކަމަަށް ވެސް ބުންޏެވެ.