ދިވެހި ހުރިހާ ހައްޖުވެރިން މިނާއަށް، އެންމެންގެ ހާލު ރަނގަޅު

ދިވެހި ހުރިހާ ހައްޖުވެރިން މީގެ ހަތަރު ގަޑިއިރެއްހާއިރު ކުރިން މައްކާއިން މިނާއަށް ދަތުރު ފަށާފައިވާއިރު، ހައްޖުވެރިން ދަތުރުކުރީ 24 ބަހުގަ އެވެ. އެ ހުރިހާ ބެހެއް މިހާރުވަނީ މިނާއަށް ގޮސްފަ އެވެ.

ދިވެހި ހުރިހާ ހައްޖުވެރިން މިނާއަށް ވާސިލުވެފައިވާ ކަމަށާއި، ހުރިހާ ހައްޖުވެރިންގެ ހާލުވެސް ރަނގަޅުކަމަށް ދިވެހިރާއްޖޭގެ ހައްޖު މިޝަނުން ބުނެފި އެވެ. 

މިފަހަރު ހައްޖުގެ އަޅުކަމަށް ރާއްޖެއިން ގޮސްފައިވަނީ 1،115 މީހުންނެވެ. ސައުދީން ރަސްމީކޮށް ރާއްޖެއަށް މި ފަހަރު ހަމަޖައްސައިދިން 1،000 ކޯޓާގެ އިތުރަށް ފަހުން 115 ކޯޓާ ދީފައިވެ އެވެ. 

މިފަހަރު ރާއްޖެއިން ހައްޖަށް ދިޔަ އެންމެންވެސް ދިޔައީ ހައްޖު ކޯޕަރޭޝަނުގެ ހަވާލުގަ އެވެ. ސައުދީން ރާއްޖެއަށް ހަމަޖެއްސި ހުރިހާ ކޯޓާއެއް މިފަހަރު ދިނީ ހައްޖު ކޯޕަރޭޝަނަށެވެ. ހައްޖުވެރިންގެ ތެރެއިން 50 މީހުންނަކީ ސަރުކާރުގެ ހަރަދުގައި ހައްޖަށް ދިޔަ ނިކަމެތިންނެވެ. 

ދިވެހި ހުރިހާ ހައްޖުވެރިން މީގެ ހަތަރު ގަޑިއިރެއްހާއިރު ކުރިން މައްކާއިން މިނާއަށް ދަތުރު ފަށާފައިވާއިރު، ހައްޖުވެރިން ދަތުރުކުރީ 24 ބަހުގަ އެވެ. އެ ހުރިހާ ބެހެއް މިހާރުވަނީ މިނާއަށް ގޮސްފަ އެވެ. އަދި މިހާރު ހުރިހާ ހައްޖުވެރިން ތިބީ މިނާގެ ޓެންޓުތަކުގަ އެވެ. 

މިރޭ ހައްޖުވެރިން ތިބޭނީ މިނާގަ އެވެ. އަދި މާދަމާ ހައްޖުގެ އެންމެ މުހިއްމު ރުކުންކަމަށްވާ އަރަފާތުގައި ތިބުން ފުރިހަމަކުރުމަށް ހުރިހާ ހައްޖުވެރިންވެސް ފަތިހުން ފެށިގެން އަރަފާތަށް ދާން ފަށާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.